ދުވާފަރު ކައުންސިލް ރައީސް ޕީޕީއެމް ދޫކޮށް އެމްޑީޕީއަށް ސޮއިކޮށްފި

ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ. ނަސީރަކީ މީގެ ކުރިން ޕީޕީއެމްގެ މެމްބަރެކެވެ. ޕީޕީއެމް ދޫކޮށް އެމްޑީޕީއަށް ބަދަލުވެފައިވަނީ އިދިކޮޅު ކޯލީޝަނުން މިރޭ ދ...

24 Aug 2018 | 18:05

ދުވާފަރު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

ނަސީރަކީ މީގެ ކުރިން ޕީޕީއެމްގެ މެމްބަރެކެވެ. ޕީޕީއެމް ދޫކޮށް އެމްޑީޕީއަށް ބަދަލުވެފައިވަނީ އިދިކޮޅު ކޯލީޝަނުން މިރޭ ދުވާފަރުގައި ބޭއްވި ޖަލްސާއެއްގައެވެ.

ޕީޕީއެމް ދޫކޮށް އެމްޑީޕީއާއި ގުޅިވަޑައިގެންނެވުމަށްފަހު އެ ޖަލްސާގައި ނަސީރު ވާހަކަފުޅު ދެއްކެވިއެވެ.

އިދިކޮޅު ކޯލީޝަންގެ ޖަލްސާ ކުރިއަށްދަނީ ދުވާފަރުގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތީގައެވެ. މި ޖަލްސާގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް އާއި އިދިކޮޅު އިއްތިހާދުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް