ލިވަޕޫލް ގަންނަން ޔޫއޭއީގެ މަހުޖަނަކު ހުށަހެޅި 2 ބިލިޔަން ޕައުންޑަށް އެ ކްލަބުން ނޫނެކޭ ބުނެފި

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ވަރުގަދަ އެއް ކްލަބު ކަމަށްވާ ލިވަޕޫލް ގަންނަން ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ މަހުޖަނަކު 2 ބިލިޔަން ޕައުންޑް ހުށަހެޅުމުން އެ ކަމަށް އެ ކްލަބުން ދެކޮޅު ހަދައިފިއެވ...

24 Aug 2018 | 17:29

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ ވަރުގަދަ އެއް ކްލަބު ކަމަށްވާ ލިވަޕޫލް ގަންނަން ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ މަހުޖަނަކު 2 ބިލިޔަން ޕައުންޑް ހުށަހެޅުމުން އެ ކަމަށް އެ ކްލަބުން ދެކޮޅު ހަދައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، ފާއިތުވި ސީޒަންގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ވާދަކުރި އަދި މި ސީޒަންގެ ލީގު ތައްޓަށް އެންމެ ބޮޑަށް ވާދަކުރާނެކަމަށް ބެލެވިފައިވާ ލިވަޕޫލް ގަންނަން ހުށަހެޅީ މެންޗެސްޓާ ސިޓީގެ ވެރިޔާ ޝެއިޚް މަންސޫރްއާ ދެބެންގެ ދެދަރި މީހެއްކަމަށްވާ ހާލިދު ބިން ޒައެދު އަލް ނެހެޔާން އެވެ.

ޑެއިލީ މެއިލް އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، ހާލިދު ބިން ޒައެދު އަލް ނެހެޔާން ވަނީ ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި އެތައް ފަހަރެއްގެ މަތީން ލިވަޕޫލްގެ ވެރީންނާއެކު ބައްދަލުވުންތައް ބާއްވާފައެވެ. އަދި އޭނާގެ ހުށަހެޅުން ލިވަޕޫލްއިން ގަބޫލުކުރިނަމަ، އެ އެއްބަސްވުމުގެ ދަށުން ލިވަޕޫލްގެ ކުޑަ މިންވަރެއްގެ ހިއްސާގެ ޗައިނާގެ އިންވެސްޓަރަކަށް ވެސް ލިބިގެންދާނެކަމަށް ވެއެވެ.

ބިލިޔަނަރެއްގެ ހުށަހެޅުމަށް ލިވަޕޫލްއިން ނޫނެކޭ ބުނެފައިވީ ނަމަވެސް، ބެލެވޭ ގޮތުގައި ޔޫރަޕްގެ މުއްސަނދި ކްލަބްތަކާ އެއް ހަމައިގައި ހިފަހައްޓާލުމަށްޓަކައި އެ ކްލަބުން އަންނަނީ ފައިސާ ލިބޭނެ މަގުތައް ހޯދަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް