އައިޝާއަށް ދ. މީދޫން ހޫނު މަރުހަބާއެއް

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއަށް ދ. މީދޫން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. ނަހުލާގެ މި ދަތުރުފުލަކީ ރިޔާސީ އިންތިހާބ...

24 Aug 2018 | 15:03

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާއަށް ދ. މީދޫން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ނަހުލާގެ މި ދަތުރުފުލަކީ ރިޔާސީ އިންތިހާބުގައި ވާދަކުރާ އިދިކޮޅު ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށާއި ރަނިންމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯދައިދެއްވުމުގެ ގޮތުން ކުރަމުން އަންނަ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރެކެވެ.

އައިޝާ މިހާރު އަންނަނީ ދ އަތޮޅުގެ ރަށްރަށަށް ދަތުރުކުރައްވަމުންނެވެ.

އެގޮތުން އައިޝާ ވަނީ މިއަދު ހެނދުނު އެ އަތޮޅު މާއނެބޫދޫ އަދި އިއްޔެ އެ އަތޮޅު މީދުއަށް ވަޑައިގެންފައެވެ. އެ ރަށްރަށުންވެސް އެކަމަނާއަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް