ޑރ. ޝަހީމަށް ލ އަތޮޅުން ހޫނު މަރުހަބާއެއް

ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދަށް ލ އަތޮޅަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ. ޑރ. ޝަހީމަށް ލ އަތޮޅުން ހޫނު މަރުހަބާއެއް ދަންނަވާފައިވަނީ ކެމްޕޭން ދަތުރުފުޅެއްގައި ލ އަތޮ...

24 Aug 2018 | 14:16

ރައީސް ޔާމީންގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދަށް ލ އަތޮޅަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ޑރ. ޝަހީމަށް ލ އަތޮޅުން ހޫނު މަރުހަބާއެއް ދަންނަވާފައިވަނީ ކެމްޕޭން ދަތުރުފުޅެއްގައި ލ އަތޮޅަށް މިއަދު ވަޑައިގެންނެވުމުން އިސްކަންދަރު ވައިގެ މަރުކަޒުންނެވެ.

ލ ގަން އަދި ފޮނަދޫން 1500 އާއި ގާތްކުރާ އަދަދަކަށް މީހުން ޑރ. ޝަހީމަށް މަރުހަބާ ދެންނެވުމަށް އިސްކަންދަރު ވައިގެ މަރުކަޒަށް ގޮސްފައިވެއެވެ. ޑރ. ޝަހީމް ލ އަތޮޅަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.

ކެމްޕޭން ދަތުރުފުޅެއްގައި ޑރ. ޝަހީމް ލ އަތޮޅަށް ވަޑައިގެންފައިވާއިރު ޑރ. ޝަހީމްގެ މި ދަތުރުފުޅުގައި މިއަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރައްވާ ރައްޔިތުންގެ ހާލު ބައްލަވައި ޑޯޓުޑޯ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމުގައި ޑރ. ޝަހީމްގެ ކެމްޕޭނު ޓީމުން މައުލޫމާތުދެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް