ސެޕްޓެމްބަރ 23 ވަނަ ދުވަސް ލިޔެވިގެންދާނީ ދެވަނަ މިނިވަންކަމެއް ލިބިގެންދާނެ ދުވަހެއްގެ ގޮތުގައި – އައިޝާ

ސެޕްޓެމްބަރ 23 ވަނަ ދުވަސް ތިވެހި ތާރީޚުގައި ލިޔެވިގެންދާނީ ދެވަނަ މިނިވަންކަމެއް ލިބިގެންދާނެ ދުވަހެއްގެ ގޮތުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑރަ ގާސިމް އިބްރާހީމ...

24 Aug 2018 | 06:39

ސެޕްޓެމްބަރ 23 ވަނަ ދުވަސް ތިވެހި ތާރީޚުގައި ލިޔެވިގެންދާނީ ދެވަނަ މިނިވަންކަމެއް ލިބިގެންދާނެ ދުވަހެއްގެ ގޮތުގައި ކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރ އަދި ޖުމްހޫރީ ޕާޓީގެ ލީޑރަ ގާސިމް އިބްރާހީމް ގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިހާރު ދ އަތޮޅާއި ފ އަތޮޅަށް ކުރައްވަމުންގެންދަވާ ކެމްޕޭން ދަތުރުފުޅުގައި މީޑިޔާއަށް މައުލޫމާތު ދެއްވަމުން ނެވެ.

އައިޝަތު ނަހުލާ ވިދާޅުވީ ގުޅިފައިވާ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ޞާލިހު އާއި ފައިސަލް ނަސީމަށް ތާޢީދު ހޯދުމަށް މިކުރާ ދަތުރު ތަކުގައި ގުޅިފައިވާ ކޯލިޝަނަށް ތާޢީދުއޮތް ވަރު ހާމަވެގެންދާ ކަށެވެ. ނަމަވެސް އެވަރުން އަދި ނުފެދޭކަމަށާއި މިކުރަމުންދާ އިސްލާހީ މަސައްކަތުގެ ނަތީޖާ ފެންނާނީ ސެޕްޓެމަބަރ 23 ވަނަ ދުވަހު ނަގާ ވޯޓުން ކަމަށެވެ. އެހެންކަމުން އެދުވަހާ ހަމައަށް ރައްޔިތުން އެކަތިގަނޑެއްގެ ގޮތުގައި ތިބެންޖެހޭކަމަށް އައިޝަތު ނަހުލާ ވިދާޅުވި އެވެ. އައިޝަތު ނަހުލާ ވިދާޅުވީ ކުރަމުންމިދާ އިސްލާހީ މަސައްކަތުގައި އެންމެންވެސް ބައިވެރިވާން ޖެހޭކަމަ ށެވެ.

"އަޅުގަނޑުމެންގެ އާއިލާއަށް އެކަނި ބެލިޔަސް އެތައް ހިތާމައަކާއި ވޭނެއް ތަހަންމަލްކުރަން ޖެހިފައި މިވަނީ. މިހިތާމައާއި ވޭން އެހެން ބަޔަކު، އެހެން ކުޑަކުދިންތަކެއް، އެހެން އާއިލާއެއް ތަހަންމަލު ކުރަން އަޅުގަނޑު ނޭދެން. އަޅުގަނޑުމެންގެ ދަރިންނާއި މައިންނާއި ބަފައިންނާއި ފިރިންގެ ހައްގުގައި އިސްލާހީ މަސައްކަތަށް ނުކުންނަން ޖެހޭ." އައިޝަތު ނަހުލާ ވިދާޅުވިއެވެ.

އައިޝަތު ނަހުލާ ވަނީ ސެޕްޓެމްބަރ 23 ވަނަ ދުވަހު ލާ ވޯޓު ސަރުކާރު ބަދަލުކުރުމަށް ލާ ވޯޓަކަށް ހަދައިދިނުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައެވެ.

އައިޝަތު ނަހުލާ ގެންދަވަނީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާޢީދު ހޯއްދެވުމަށް ކެމްޕޭން ދަތުރުތައް ކުރައްވަމުން ނެވެ. އެގޮތުން ލ އަތޮޅާއި އއ އަދި އދ އަތޮޅުގެ ރަށްތަކަށް މީގެކުރިން އައިޝަތު ނަހުލާ ވަނީ ވަޑައިގެންނަވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް