ޕީޕީއެމްގެ ރަނިންމޭޓް ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ކެމްޕޭން ކުރެއްވުމަށް މިއަދު ލ އަތޮޅަށް ވަޑައިގަންނަވާނެ އެވެ. ޑރ.ޝަހީމްގެ ކެމްޕޭން ޓީމުން މިކަން ހާމަކޮށްފައިވާއިރު މިދަތުރު ފުޅުގައި ލ.އޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ، ދޮރުން ދޮރަށް ހިންގަވާނެ އެވެ.
ޑރ.ޝަހީމް ކެމްޕޭން ކުރެއްވުމަށް އެންމެ ފަހުން ވަޑައިގެންނެވީ ފުވައްމުލަކަށާއި ގދ ތިނަދުއަ ށެވެ. އެދެރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޑރ،ޝަހީމް ވިދާޅުވެފައިވަނީ އެދެރަށުންވެސް ރައީސް ޔާމީނަށް އޮތް ތާޢީދު ބޮޑުކަމަށާއި، ރައީސް ޔާމީން ގެންނަވާ ތަރައްޤީ ރައްޔިތުން ވަނީ ބަލައިގެންފައި ކަމުގަ އެވެ.
ޑރ،ޝަހީމް ވަނީ މީގެކުރިންވެސް ކެމްޕޭން ކުރެއްވުމަށް ދަތުރުތަކެއް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް