ރަންބީރު އަދި އާލިއާ އާ ކައިވެނިކުރާކަށް ނޫޅޭ

ރަންބީރު ކަޕޫރު އާއި އާލިއާ ބަޓް އާ ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުމުގެ ވާހަކަ މީޑިޔާއަށް ތިލަ ވުމާއެކު އެންމެންވެސް މިހާރު ބަލަން ބޭނުންވަނީ މި ދެމީހުންގެ ކައިވެނި އޮންނާނީ ކޮންއިރަކުތޯ އެވެ. ...

24 Aug 2018 | 05:35

ރަންބީރު ކަޕޫރު އާއި އާލިއާ ބަޓް އާ ދެމީހުންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުމުގެ ވާހަކަ މީޑިޔާއަށް ތިލަ ވުމާއެކު އެންމެންވެސް މިހާރު ބަލަން ބޭނުންވަނީ މި ދެމީހުންގެ ކައިވެނި އޮންނާނީ ކޮންއިރަކުތޯ އެވެ. މި ދެމީހުން ކައިވެނި ކުރާނެތޯ ވެސް އެއީ ގިނަ ބަޔަކު އުފައްދާ ސުވާލެކެވެ. ރަންބީރު އެންމެ ފަހުން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ބޮލީވުޑްގެ ތަރިންނާއެކުވެސް ކައިވެންޏަކާ ހަމައަށް ގޮސްފައެއް ނުވެއެވެ.

މިހާރެ ދެތަރިން އެއްކޮށް ފިލްމެއްގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ. ފިލްމު ބްރަމަސްތްރަ އިން މިދެތަރިން ފުރަތަމަ ފަހަރަށް ބެލުންތެރިންނަށް ފެނިގެންދާއިރު ކައިވެންޏާ ބެހޭ ގޮތުން ނޫސްވެރިޔަކު ސުވާލު ކުރަމުން ރަންބީރު މިވަނީ އެއަށް ޖަވާބު ދީފައެވެ.

ރަންބީރު ބުނެފައިވަނީ ކައިވެންޏަކީ ބޭނުންވެގެން ކުރަން ޖެހޭނެ ކަމެއްކަމަށާއި އުމުރުން ދުވަސްވާތީ އޭ ކިޔާފައި ކޮންމެހެން ކައިވެނި ކުރަން ނުޖެހޭ ކަމަށެވެ. އަދި ދެމީހުންގެ ގުޅުމަކީ މާގިނަ ދުވަހެއްވެފައިވާ ގުޅުމަކަށް ނުވާއިރު އެފަދަ ބޮޑު ނިންމުމެއް އަދި ނުނިންމާނެ ކަމަށެވެ. ދެމީހުންވެސް މިގުޅުން އިތުރު ހަރުފަތަކަށް ގެންދިޔުމަށް ބޭނުންވާ ކަމަށާއި ނަމަވެސް އަދި މިއީ އެވަގުތު ނޫންކަމަށް ރަންބީރު ބުންޏެވެ.

ބައެއް މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ރަންބީރު އާއި އާލިއާ އަންނަ އަހަރުގެ ފަހުކޮޅު ކައިވެނި ކުރާނެ އެވެ. ކައިވެންޏާއި ގުޅޭގޮތުން އާލިއާ އާއި ނޫސްވެރިން ސުވާލުކުރުމުން އާލިއާ ވަނީ އެކަމާ ބެހޭ ގޮތުން ވާހަކަދައްކަން ބޭނުން ނޫންކަމަށް ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް