އަގަށް ބަލާނަމަ ވަންޕްލަސް 6 އޮޅާލާ، ޕޮކޯ އެފް 1 މާ ސަޅި

ޕާފޯމޭންސާއި ޑިޒައިންގެ ގޮތުން އައިފޯނު އެކްސް އާއި ވައްތަރު އެންޑްރޮއިޑް ފޯނެއް ހިޔާރުކުރާނަމަ ގިނަ ބަޔަކު ހިޔާރުކުރާނީ ވަންޕްލަސް 6 އެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ސެމްސަންގެ ގެލެކްސީ ނޯޓް 9 އ...

23 Aug 2018 | 23:04

ޕާފޯމޭންސާއި ޑިޒައިންގެ ގޮތުން އައިފޯނު އެކްސް އާއި ވައްތަރު އެންޑްރޮއިޑް ފޯނެއް ހިޔާރުކުރާނަމަ ގިނަ ބަޔަކު ހިޔާރުކުރާނީ ވަންޕްލަސް 6 އެކެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ސެމްސަންގެ ގެލެކްސީ ނޯޓް 9 އަކާއި އައިފޯނު އެކްސް އާއިވެސް ވަން ޕްލަސް 6 އަޅާކިޔާލެވޭވަރު ބުރަދަނެއް ހުރީމައެވެ.

ނަމަވެސް އައިފޯނު އެކްސް އާއި ވައްތަރު އަދި އަގުހެޔޮ ފޯނެއް ހިޔާރުކުރަން ބޭނުންނަމަ ހިޔާރުކުރަންވީ ޕޮކޯ އެފް 1 އެވެ.

ޕޮކޯ ނަމަކަށްކިޔާ ކުންފުންޏަކުން ނެރުނު މި ފޯނުގެ އަގު ވަންޕްލަސް 6 އަކަށްވުރެ ޑަބަލް އަގުހެޔޮއެވެ.

ސްނެޕްޑްރެގަން 845ގެ ޕްރޮސެސަރއެއް ހިމަނާފައިވާ މި ފޯނުގެ އަގަކީ ހަމަ އެންމެ 300 ޑޮލަރެވެ. މިހާ އަގުހެޔޮ ފޯނެއްގައި މިވަރުގެ ޕްރޮސެސަރެއް އަޅުވާލުމުން ސުވާލު އުފެދިދާނެއެވެ. ނަމަވެސް ޕޮކޯ އަކީ ޒަޔޯމީ ކުންފުނީގެ ދަށުން ހިންގާ ސަބްސިޑަރީ ކުންފުންޏެއްކަމުން ޕޮކޯއަށް އެވަރުކުރެވިދާނެކަމާއިމެދު ސުވާލެއް ނުއުފެދެއެވެ.

ޕޮކޯ އެފް 1 ގެ ފޯނުތައް މިދިޔަ ބުދަ ދުވަހު އިންޑިއާގައި ވިއްކަން ފަށާފައިވާއިރު ހަ ޖީބީ ރޭމް އަދި 64 ޖީބީ ސްޓޯރޭޖް ހިމެނޭ ފޯނެއްގެ އަގަކީ ގާތްގަނޑަކަށް 300 ޑޮލަރެވެ. އަށް ޖީބީގެ ރޭމްއާއެކު 256 ޖީބީގެ ސްޓޯރޭޖާއެކު ވިއްކާ ފޯނުގެ އަގަކީ ގާތްގަނޑަކަށް 430 ޑޮލަރެވެ.

މި ފޯނުގައި 4000 އެމްއޭއެޗް ބެޓެރީއެއް ހިމަނާފައިވާއިރު 20 މެގަޕިކްސެލްގެ ކެމެރާއެއްވެސް ހިމަނާފައިވެއެވެ. އިންފްރާރެޑް ފޭސް އަންލޮކް ޓެކްނޮލޮޖީވެސް ހިމަނާފައިވެއެވެ.

މި ސްޕެކްސް ތަކާއި އަގުތަކަށް ބަލާއިރު ވަންޕްލަސް 6 އަށްވުރެ ޕޮކޯ އެފް1 މާ ސަޅިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް