އަދި އެއްވެސް އަންހެނަކު އިންނާކަށް ނާހާ: ސަލްމާން ޚާން

އެންމެ ފަހުން ސަލްމާން ޚާން މިވަނީ ބޮޑު ސުވާލަކަށް ޖަވާބު ދީފައެވެ. އެއީ އަންހެނަކު އިންނަން އަހައިފިތޯ އުފެދޭ ސުވާލެވެ. މީޑިއާ އިވެންޓެއްގައި ނޫސްވެރިއަކު ސުވާލު ކުރީ އެއްވެސް އަންހެނަކު ސަލްމާން ކުރ...

24 Jul 2019 | 14:57

އެންމެ ފަހުން ސަލްމާން ޚާން މިވަނީ ބޮޑު ސުވާލަކަށް ޖަވާބު ދީފައެވެ. އެއީ އަންހެނަކު އިންނަން އަހައިފިތޯ އުފެދޭ ސުވާލެވެ.

މީޑިއާ އިވެންޓެއްގައި ނޫސްވެރިއަކު ސުވާލު ކުރީ އެއްވެސް އަންހެނަކު ސަލްމާން ކުރެން ކައިވެންޏަށް އަހާފައިވޭތޯ އެވެ.

ޖަވާބުގައި ސަލްމާން ޚާން ބުނީ އަދި އެފަދަ ހުށަހެޅުމެއް ލިބިފައިނުވާކަމަށެވެ. އިތުރަށް ބުނެފައިވަނީ އަދި މިހާތަނަށް އަންހެން ކުއްޖަކާއެކު "ކޭންޑަލް ލައިޓް ޑިނާ" އަކަށްވެސް ގޮސްފައިނުވާކަމަށެވެ. އަދި ކޭންޑަލް ލައިޓް ޑިނާއަކީ ކިހިނެއް ކުރާ ޑިނާއެއްކަންވެސް ނުދަންނަ ކަމަށެވެ.

ބޮލީވުޑް ފިލްމީ ދުނިޔޭގައި އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ ސަލްމާން ޚާން މީހަކާ ނުއިނދެ ހުސްކޮށް ހުންނަ ވާހަކައެވެ.

27 ޑިސެމްބަރު 1965ގައި އުފަންވި ސަލްމާން ޚާންގެ އުމުރަކީ މިހާރު 53 އަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް