މީރާ ބޯޑް އެކުލެވިގެންވާ ގޮތް ބަދަލުކުރަން އިސްލާހު ހުށަހަޅައިފި

އެޓާނީ ޖެެނެރަލް އޮފީސްއިން މީރާ ބޯޑް އެކުލަވާފައިވާ ގޮތް ބަދަލުކުރުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައިސުލްޖުމްހުރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ. އެކަން ހާމަކުރައްވ...

24 Jul 2019 | 13:57

އެޓާނީ ޖެެނެރަލް އޮފީސްއިން މީރާ ބޯޑް އެކުލަވާފައިވާ ގޮތް ބަދަލުކުރުމަށް ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް އިޞްލާޙު ގެނައުމުގެ ބިލެއް ރައިސުލްޖުމްހުރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

އެކަން ހާމަކުރައްވާ އޭޖީއިން ނެރުނު ނޫސްބަޔާނުގައިވަނީ އެފަރާތުން ރައީސުލްޖުމްހުރިއްޔާގެ އޮފީހަށް ފޮނުވި އިސްލާހުގެ ބޭނުމަކީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހިންގުމުގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޖަވާބުދާރީ ކުރެވޭނެ، މިހާރަށްވުރެ ހާމަކަން ބޮޑު ނިޒާމެއް ތައާރަފްކުރުމަށާއި، ޓެކްސް ދައްކާ ފަރާތްތަކަށް މިހާރަށްވުރެ ލުއިފަސޭހެ ގޮތްތަކެއް ހަދައިދިނުމަށް ކަމަށެވެ.

އެގޮތުން އެ ބިލްގެ ތެރެއިން ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ދައުލަތުގެ މާލިއްޔަތުގެ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާ ތަމްސީލްކުރާނެ ފަރާތެއް މިހާރުގެ މީޑިޔާ ބޯޑުގައި ހިމެނިފައިނުވާތީ، އެފަދަ ފަރާތެއް ބޯޑުގައި ހިމެނުމަށާއި، ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްސޭޝަންގެ މަގާމުގެ މުއްދަތެއް މިހާރުގެ ގާނޫނުގައި ކަނޑައަޅާފައިވައިނުވާތީ، އެހެން މަގާމުތަކެކޭ އެއްގޮތަށް އެ މަގާމްތަކަށްވެސް މުއްދަތެއް ކަނޑައެޅުމަށްވެސް އެ އިސްލާހު ތަކުގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން ޓެކްސްގެ މައްސަލަތަކުގައި މީރާއިން ނިންމާ ނިންމުން އިސްތިއުނާފް ކުރުމުން ވަކި މުއްދަތެއްގެ ތެރޭގައި މައްސަލަ ނިންމަންޖެހޭ ގޮތަށް ހެދުމާއި އިސްތިއުނާފް ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ ކަމަށް ގާނޫނުގައި ބުނާ ބައެއް ކަންކަމަށް ލުއިތަކެއް ދިނުން ވެސް ހިމެނޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް