މަޖިލީހަށް ވަތް މައްސަލާގައި ލޯޔަރު ވައްޑެ ހައްޔަރުކޮށް، ބަންދުކުރީ ގާނޫނާއި ޚިލާފަށް: ހައިކޯޓު

ރައްޔިތުންގެ މަޖިލީހަށް ވަތް މައްސަލައެއްގައި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ހައްޔަރުކޮށް، ބަންދު ކުރީ ގާނޫނާ ހިލާފަށް ކަަމަށް ހައިކޯޓުން ކަނޑައަޅައިފި ...

24 Jul 2019 | 11:23

ރައްޔިތުންގެ މަޖިލީހަށް ވަތް މައްސަލައެއްގައި ތުލުސްދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ހައްޔަރުކޮށް، ބަންދު ކުރީ ގާނޫނާ ހިލާފަށް ކަަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

އެމައްސަލައާއި ގުޅިގެން ވައްޑެގެ އިތުރުން، އޭރުގެ އިދިކޮޅު އިތުރު މެމްބަރުންތަކެއްވެސް ހައްޔަރުކޮށް، ޖަލަށްލި އެވެ. އެ މެންބަރުން ހައްޔަރުކުރީ، ސްޕުރީމްކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް، އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރުންގެ މެމްބަރުކަން ގެއްލިފައިވާ ކަމަށް ނިންމާފައިވަނިކޮށް، މަޖިލީހަށް ވަތް މައްސަލާގަ އެވެ. ވައްޑެ ހިމެނޭ ގޮތަށް އެމައްސަލައިގައި އިތުރު މެމްބަރުންތަކެއްގެ މައްޗަށް ދައުވާވެސް އުފުލި އެވެ.

އެމައްސަލައާއި ގުޅިިގެން އޭރު ވައްޑެ ހައްޔަރުކޮށް، 15 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައި ވަނީ އޭނާ ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒްތަކާއި ބާރުތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތަށް، އޭނާ ހައްޔަރު ކުރުމުގެ އަމުރު ކޯޓުން ހޯދާފައިވަނީ، ޕްރޮސެކިއުޓާ ޖެނެރަލް މެދުވެރިކޮށް ނޫން ކަމަށާއި، އެހެން ކަމުން އޭނާ ހައްޔަރު ކުރީ ގޯސްކޮށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް