ރަލާއި އޫރުމަސް މަނާކުރުމަށް ޖާބިރު ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ބަނގުރަލާއި އޫރުމަސް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ގަރާރު ބޭރުކޮށްލައިފިއެވެ. މި ގަރާރު މަޖިލީހުން ބޭރުކޮށްލާފައި ވަނީ މިއަދު ރައްޔިތުނ...

24 Jul 2019 | 09:38

ބަނގުރަލާއި އޫރުމަސް ރާއްޖެ އެތެރެކުރުން މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެމްބަރު ހުށަހެޅުއްވި ގަރާރު ބޭރުކޮށްލައިފިއެވެ.

މި ގަރާރު މަޖިލީހުން ބޭރުކޮށްލާފައި ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ޖަލްސާގައި، 55 މެމްބަރުންގެ ވޯޓުން ގަރާރު ބަލައި ނުގަންނާނެ ކަމަށް ފާސްވުމުންނެވެ. މި ގަރާރު ބަލައި ގަތުމަށް ވޯޓު ދީފައި ވަނީ 8 މެމްބަރުންނެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވާގޮތުން، ބަނގުރަލާއި އޫރުމަސް ވިއްކުމަކީ އިސްލާމްދީނުގައި މަނާ ކަމެކެވެ. އަދި ރާއްޖެ އަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވާއިރު، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށްޓަކައި ރަލާއި އޫރުމަސް ވިއްކައިގެން ނުވާނެ ކަމުގައެވެ.

މި ގަރާރަށް ޖާބިރުގެ އިތުރުން ހަމައެކަނި ބަހުސް ކުރެއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރުއެވެ. މި ގަރާރާއި ދެކޮޅަށް އާމިރު ވާހަކަދައްކަވާފައިވާއިރު، އެ ގަރާރު ޖާބިރު ހުށަހެޅުއްވި މަގުސަދާއި މެދު އާމިރު ވަނީ ސުވާލު އުފައްދަވާފައެވެ.

ޖާބިރު މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ، ރާއްޖޭގައި ކަސީނޯ އެޅުމަށް މިސަރުކާރުން ހުއްދަ ނުދޭނެ ކަމަށް ޓުވަރިޒަމް މިނިސްޓަރު، އަލީ ވަހީދު ބުނުމުންނެވެ. ޖާބިރު ވިދާޅުވީ، ބަނގުރަލާއި އޫރުމަހަކީ ވެސް އިސްލާމް ދީނުގައި ހަރާމް އެއްޗެހި ކަމަށާއި، ކަސީނޯ ނޭޅޭ ނަމަ ރަލާއި އޫރުމަސް ވެސް ރާއްޖެ އެތެރެކުރެވިގެން ނުވާނެ ކަމުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް