ފެނާއި ނަރުދަމާ އާއި ގުޅޭ ވޯކްޝޮޕް ފަށައިފި

ފެނާއި ނަރުދަމާގެ ދާއިރާގެ ކަމާއިބެހޭ ވުޒާރާތަކުގެ ހިޔާލުތަކާއި ލަފާގެ މަތިން، ނެޝަނަލް ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ވެލިޑޭޝަން ވޯކްޝޮޕް ފަށައިފިއެވެ. ދެ ދުވަހަށް ކުރިއަށްދާ މި ވޯކްޝޮޕް މިއަދު ފަށައިފައި...

24 Jul 2019 | 08:06

ފެނާއި ނަރުދަމާގެ ދާއިރާގެ ކަމާއިބެހޭ ވުޒާރާތަކުގެ ހިޔާލުތަކާއި ލަފާގެ މަތިން، ނެޝަނަލް ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ވެލިޑޭޝަން ވޯކްޝޮޕް ފަށައިފިއެވެ.

ދެ ދުވަހަށް ކުރިއަށްދާ މި ވޯކްޝޮޕް މިއަދު ފަށައިފައި ވަނީ ޗަމްޕާ ސެންޓްރަލް ހޮޓެލްގައެވެ. މި ވަރކްޝޮޕް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަންމަންޓް އަހްމަދު މުޖްތަބާއެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވީ، މި ފަސް އަހަރުގެ ތެރޭގައި ސާފު ރައްކާތެރި ފެން ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރާއްޖޭގެ  މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ކޮންމެ ގެއަކަށް ފެނުގެ ވިއުގަ މެދުވެރިކޮށް ފެން ފޯރުކޮށްދިނުން ހިމެނޭކަމުގައެވެ. މިގޮތުން  މޫސުމީ ބަދަލުތަކާއި ގުޅިގެން ރާއްޖޭގެ ރަށްރަށަށް ކުރިމަތިވާ ފެނަށް ޖެހުމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި، ގުދުރަތީ އަދި އެހެނިހެން ކާރިސާތަކަށް ބަލައި ތައްޔާރުވުމުގެ ގޮތުން ސަރުކާރުން ވަނީ ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުން ޤައުމީ ފެންވަރުގައި ތަންފީޒުކުރެވޭނެ ވޯޓަރ ސެކިއުރިޓީ ޕްލޭނެއް ތައްޔާރުކުރުމަށް ފަށާފައި ކަމަށްވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެންވަޔަރަންމަންޓް ޑރ.  އަބްދުﷲ ނަސީރު އާއި ރާއްޖެގައި ފެނާއި ނަރުދަމާއި ޚިދުމަތްދޭ ޔުޓިލިޓީ ކުންފުނިތަކާއި ޔޫ.އެން އޯގަނައިޒޭޝަންތަކާއި އަދި ފެނުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި އެކިއެކި މިނިސްޓްރީތަކުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް