މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
އެ ކުންފުނިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަމުގައެވެ. އަދި އެކަމަށް ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.
https://twitter.com/STELCOMALDIVES/status/1153889662303236097
ކަރަންޓު ކެނޑޭނަމަ ކެނޑޭނީ ކުޑަ ވަގުތުކޮޅަކަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
ސްޓެލްކޯއިން މިހެން ބުނެފައިވާއިރު، މިހާރުވެސް ދޭތެރެ ދޭތެރެއިން ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑެއެވެ. މުޅި މާލެ އިން ވެސް ބައެއް ފަހަރު ކަރަންޓު ކެނޑެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް