އޭސީ އާއި ފިނި ކުރުމާއި ގުޅޭ މަސައްކަތެއް ވިއްޔާ ގުޅަންވީ ޝާފްޓަށް

ތަރައްގީގެ މަގުގައި ރާއްޖެ ކުރިއަރައިގެން ގޮސް ގޭގޭގައި ފަންކާ ބޭނުން ކުރުން މިދަނީ މާޒީ ވަމުންނެވެ. ބަދަލުގައި މި ބޭނުން ކުރަނީ އެއާ ކަންޑިޝަނިން ނުވަތަ ކުރުކޮށް ބުނާނަމަ އޭސީއެވެ. އަގުވެސް މިހާރު ހެ...

24 Jul 2019 | 04:52

ތަރައްގީގެ މަގުގައި ރާއްޖެ ކުރިއަރައިގެން ގޮސް ގޭގޭގައި ފަންކާ ބޭނުން ކުރުން މިދަނީ މާޒީ ވަމުންނެވެ. ބަދަލުގައި މި ބޭނުން ކުރަނީ އެއާ ކަންޑިޝަނިން ނުވަތަ ކުރުކޮށް ބުނާނަމަ އޭސީއެވެ. އަގުވެސް މިހާރު ހެވީއެވެ. އޭސީއެއް ނެތް ގެއެއް އެޕާޓްމެންޓެއް މި ފުރަމާލޭގައި ހުންނާނެ ކަމާއިމެދު ޝައްކެވެ. ރާއްޖޭގެ އެކި ރަށް ރަށުގެ ގޭބިސީތަކުގައިވެސް އޭސީ ބޭނުންކުރާލެއް އިންތިހާއަށް ގިނައެވެ.

އޭސީ މިހާ ގިނަ ނަމަވެސް ވިސްނާލަން ޖެހޭ ނުވަތަ ދިވެހިން އަދި އެހާ ސަމާލުކަން ނުދޭ ކަމެއް އެބަ އޮވެއެވެ. އެއީ އޭސީ ހަރުކުރުމުގައި ސަމާލުވާން ޖެހޭ މިންވަރަށް ސަމާލު ނުވެ ހަމަ އަތުޖެހޭ ބަޔަކު ލައްވައި ނުވަތަ އަގުހެޔޮ ކޮށް ދެ ބިދޭސީއަކު ލައްވާ އޭސީ ހަރުކޮށްލުމެވެ. ނަތީޖާއަކަށްވަނީ ހަރު ކުރާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި މައްސަލަތައް ޖެހެން ފެށުމެވެ. ފެން ފޭބުމާއި އައުޓްޑޯ ޔުނިޓު ތަކާއި އެހެނިހެން ކުދި ކުދި ކޫސަނި މައްސަލަތައް ދިމާވާން ފެށުމެވެ. އާހިރު ނަތީޖާއަކަށްވަނީ ގިނަ ގިނައިން ހިދުމަތް ހޯދަން ޖެހުމެވެ. އިތުރު ބޭކާރު ހަރަދުތަކެއް އަތުން ބީވެގެން ދިއުމެވެ.

އެއާ ކަންޑިޝަނިން އަކީ ގެދޮރަށް، ގޭބިސީތަކަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމުގައިވާއިރު އޭސީގެ މައްސަލަ ހައްލުކުރަން އަބަދު އަބަދު ގެއަށް މީހުން ގެނައުމަކީ ހަމަ އެކަކުވެސް ބޭނުންވާނެ ކަމެއް ނޫނެވެ. ވަގުތީ ހައްލަކަށްވުރެ ހަމަ ކޮންމެ މީހަކުވެސް ބޭނުންވާނީ ދާއިމީ ހައްލެކެވެ.

އެހެން ނަމަވެސް ކަމުގެ ތަޖުރިބާ ހުރި ކަމަށް ގާބިލު ބަޔަކު އެކަން ކުރާނަމަ އޭސީ ތަކުގައި މައްސަލަޖެހުމުގެ ފުރުސަތު އިންތިހާއަށް ކުޑަކޮށްދެއެވެ. އެގޮތުން މި ފުރަ މާލޭގައްޔާއި ކައިރި ރަށްރަށުގައްޔާއި ރިސޯޓުތަކުގައި އޭސީ އާއި ފިންޏާއި ގުޅޭ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ އެއް ބަޔަކީ ޝާފްޓް އިންޖިނިއަރިން އެވެ.

ޝާފްޓް އިންޖިނިއަރިން އިން ބޭނުންވަނީ ހެޔޮ އަގުގައި އަވަސް އަދި ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމެވެ. ކަސްޓަމަރުންނަށް ދެވޭ ހިދުމތަކީ ރިލަޔަބަލް ހިދުމަތަކަށް ވާން ޖެހޭނެ ކަމުގައި ޝާފްޓް އިންޖިނިއަރިން އިން ގަބޫލު ކުރެއެވެ.

ޝާފްޓް އިންޖިނިއަރިން އިން މިކަން ކުރަމުން ގިނަ ދުވަހުގެ ތަޖުރިބާގެ އަލީގައެވެ. މަސައްކަތުގައި މަސްއޫލުވެ އުޅެނީ ކަމަށް ގާބިލު ހުނަރުވެރި ޓެކްނީޝަނުންނެވެ.

"ރާއްޖޭގެ މާހައުލުގަ ލޮނުގެ އަސަރު ހުރުމާއެކު ދޮވުމުގަވެސް ބޭނުން ކުރަންޖެހޭ ވަކި ކެމިކަލްތަކެއް ހުންނަ ކަމާ، ސާވިސް ކުރާއިރު ހެޔޮ އަގުގައި،ނުވަތަ ކޮންމެ ކޮންމެ ބަޔަކު ލައްވާ ސާވިސް ކުރުމުން ފަހުން އުފުލަންޖެހޭ ތަކުލީފު ބޮޑުވެދާނެކަން ކަސްޓަމަރުންނަށް އެނގެން ޖެހޭ، އަޅުގަނޑުމެން ދޭނީ ކަސްޓަމަރުންނަށް ތަކުލީފު ކުޑަ، ދާއިމީ ހައްލެއް ގެނެސްދޭނެ ސާވިސްތަކެއް" ޝާފްޓް އިންޖިނިއަރިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޚަލީލް ވިދާޅުވިއެވެ.

ޝާފްޓް އިންޖިނިއަރިން އިން މިހާރުވެސް އަންނަނީ ސަރުކާރު ގިނަ އިމާރާތްތަކަކާއި ރިސޯޓު ތަކަކާއި އަދި ކައިރި ރަށްރަށުގައިވެސް ހިދުމަތް ދެމުންނެވެ.

"ފިންޏާއި ގުޅޭ ހަމަ ކޮންމެ ކަމެއްގައިވެސް ގުޅަންވީ އަޅުގަނޑުމެންނަށް، އެއީ އެއާ ކަންޑިޝަން ކަމުގައި ވިޔަސް، ކޫލިން ސިސްޓަމް ކަމުގައިވިޔަސް އަދި މަލްޓި ސިސްޓަމް އަދި ޑަކްޓް ސިސްޓަމް ހަރު ކުރުން ކަމުގައިވިޔަސް އަޅުގަނޑުމެންގެ ގާބިލު ޓެކްނީޝަނުންގެ ޓީމުން ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތެއް އިންޝާ ﷲ ދެމުން ގެންދާނެ" ޝާފްޓް އިންޖިނިއަރިންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޚަލީލް ވިދާޅުވިއެވެ.

ހިދުމަތް ދިނުމަށް ޝާފްޓް އިންޖިނިއަރިން ޓީމުން ތިބީ އޮން ކޯލުގައެވެ. ގުޅޭނެ ނަމްބަރަކީ 7783919 އަދި 7774470 އެވެ.

[contentcards url="https://www.facebook.com/ShaftEngineeringPvtLtd/" target="_blank"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް