ޑީއާރުޕީގެ ލީޑާޝިޕަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އާ ލީޑަރުންތަކެއް ހަމަޖައްސައިފިއެވެ.
ރޭ ބޭއްވުނު ޑީއާރުޕީގެ ކައުންސިލް ބައްދަލުވުމުގައި، ޑީއާރުޕީގެ ލީޑަރަކަށް ހަމަޖެއްސީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެވެ. އެ ޕާޓީގެ ޑެޕިއުޓީ ލީޑަރަކަށް މުހައްމަދު ނަޝީދު (ކާނަލް) ހަމަޖައްސައިފައިވާއިރު، މިދިޔަ ރައްޔިތުންގެ މަޖިލިހުގެ ޕީޕީއެމްގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހަމަޖެއްސީ އެ ޕާޓީގެ ރަޖިސްޓަރާއަކަށެވެ. މީގެ އިތުރުން ޑީއާރުޕީގެ ތަރުޖަމާނަކަށް އަބްދުﷲ މުއާޒު ކަނޑައަޅާފައި ވާއިރު، މުއާޒަކީ ކުރީގެ ރައީސް ޔާމީންގެ ތަރުޖަމާނަކަށް ކުރިން ހުންނެވި ބޭފުޅެކެވެ.
އެޕާޓީން ބުނާގޮތުގައި، ޕާޓީ މިހާތަނަށް ނުހިންގި އަދި ބަލިކަށި ވެފައިވަނީ ޕާޓީގެ ދަރަންޏާ ހެދިއެވެ.
ޑީއާރުޕީ އުފެއްދެވީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އެވެ. ރައީސް މައުމޫން ޕާޓީ އާއި ވަކިވެވަޑައިގަތް ހިސާބުން ޕާޓީ ވަނީ ބައިބައިވެ، ޕާޓީ ތެރޭގައި ވަނީ މައްސަލަ އުފެދިފައެވެ. އެހާ ހިސާބުން ޕާޓީގެ އަޑު ވެސް ވަނީ މަޑުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް