ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ ނިޔާވި ހަބަރު ފެމިނާ މިސް އިންޑިއާގެ ރަސްމީ ވެބްސައިޓަށް

ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ ހއ ބާރަށު، ނާދިރަމްގޭ، ރަމްލާ އަހުމަދު އަލީ މި މަހުގެ ތިންވަނަ ދުވަހު ނިޔާވެފައިވާއިރު ރަމްލާ ނިޔާވި ހަބަރު ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ކަވަރުކޮށްފި އެވެ. އެގޮތު...

24 Jul 2018 | 14:40

ރާއްޖޭގެ ފުރަތަމަ ރީތީގެ ރާނީ ހއ ބާރަށު، ނާދިރަމްގޭ، ރަމްލާ އަހުމަދު އަލީ މި މަހުގެ ތިންވަނަ ދުވަހު ނިޔާވެފައިވާއިރު ރަމްލާ ނިޔާވި ހަބަރު ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ކަވަރުކޮށްފި އެވެ.

އެގޮތުން މި ހަބަރު އިންޑިއާގެ ނޫހެއް ކަމުގައިވާ ޓައިމްސް އޮފް އިންޑިއާގައި މިއަދު ރިޕޯޓްކޮށްފައި ވެ އެވެ. ޓައިމް އޮފް އިންޑާގައި މި ހަބަރު ރިޕޯޓްކޮށްފައިވަނީ ރަމްލާގެ ދަރި ޒޫނާ މުސްތަފާއާއި ހަވާލާދީ އެވެ.

ރިޕޯޓްކޮށްފައިވަނީ ޓައިމްސް އޮފް އިންޑިއާގެ ފެމިނާ މިސް އިންޑިއާ ސޮފްހާގައި އެވެ. ފެމިނާ މިސް އިންޑިއާ އަކީ ޓައިމްސް ގްރޫޕުން ބާއްވާ ރީތީގެ މުބާރާތެކެވެ.

މުސްކުޅި ބަލީގައި ރަމްލާ ނިޔާވީ އުމުރުން 83 އަހަރުގައި އެވެ. ނިޔާވީ ބަލި ހާލު ބޮޑުކަމުން މާލޭގައި ދިރިއުޅުއްވަމުން ގެންދަވާތާ ދެ އަހަރު ފަހުންނެވެ. ނިޔާވި އިރު ރަމްލާގެ ހަތް ކުދިން އެބަ ތިއްބެވެ. އަދި މާމަ ދަރިންވެސް އެބަތިއްބެވެ.

ރަމްލާ ރާއްޖޭގެ ފުރަތަމަ އަދި މިހާތަނަށް ރާއްޖޭގެ ރަސްމީ ސިފައެއްގައި ހޮވި ހަމަ އެކަނި ރީތީގެ ރާނީއަށް ހޮވިފައިވަނީ ރީތީގެ ރާނީން ހޮވުމަށް 1953 ވަނަ އަހަރު ފުރަތަމަ ޖުމްހޫރީ ދުވަހުގެ ހަފުލާގެ ކުޅިވަރުގެ ތެރެއިން ބޭއްވި ހާއްސަ މުބާރާތެއްގައި އެވެ. ރީތީގެ މުބާރާތުގައި ބައިވެރިވީ ގާތްގަނޑަކަށް 21 ކުދިންނެވެ. މުބާރާތް އޮތީ ދާރުލްއުލޫމްގައެވެ.

[contentcards url="https://beautypageants.indiatimes.com/others/maldives-first-ever-beauty-queen-passes-away/articleshow/65116655.cms" target="_blank"]

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް