މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޖަސްޓިސް ޕާޓީގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅިގެން އިލެކްޝަން ކޮމިޝަނުން އެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ ނުދޭން ނިންމައިފިއެވެ.
މި ނަމުގައި ޕާޓީއެއް އުފެއްދުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވަނީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. މި ޕާޓީ އުފެއްދުމަށް އިސްވެ ހުށަހަޅާފައިވަނީ އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ ބައެކެވެ.
ރާއްޖޭގައި ރަޖިސްޓްރީވެގެން މިހާރު ހަ ސިޔާސީ ޕާޓީއެއް ހިންގައެވެ. މީގެކުރިން ސިޔާސީ ޕާޓީތަކުގެ ޤާނޫނަށްވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވާލާގޮތަށް ޤާނޫނަށް ގެނައި އިސްލާހާއެކު އޭރު ހިނގަމުންދިޔަ ގިނަ ޕާޓީތަކެއް އުވިގެންދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް