އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަލީ ނަޝާތު އައްޔަނުކުރުމަށް ފާސްކޮށްފި

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަލީ ނަޝާތު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިއަދުގެ ޖަލްސާގައި އަލީ ނަޝާތު އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނުކުރުމަށް ފެންނަ ކ...

24 Jul 2018 | 08:53

އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އަލީ ނަޝާތު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މިއަދުގެ ޖަލްސާގައި އަލީ ނަޝާތު އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް އައްޔަނުކުރުމަށް ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 32 މެމްބަރުންވަނީ ވޯޓު ދެއްވާފައެވެ. ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވައެވެ.

މިއަދުގެ ޖަލްސާގައި ދެން ވޯޓަށް އަހަން އޮތް ދެ ބިލަކަށް ވޯޓަކަށް ނާހައެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވީ އެ ދެ ބިލަށް ވޯޓަށް އަހާވަރަށް އެކަށީގެންވާ ވަރަށް މެމްބަރުން ހާޒިރުވެފައި ނުވާކަމަށެވެ. އިއްޔެގެ ޖަލްސާގައިވެސް އެކަށީގެންވާ ވަރަށް މެމްބަރުން ހާޒިރުވެފައި ނުވާތީ އެ ދެބިލަށް ވޯޓަށް އަހާފައެއް ނުވެއެވެ.

ވޯޓަށް އެހުމަށް ހަމަޖެހިފައިވާ ދެ ބިލަކީ ޕީއެސްއެމްއަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދޭ ބިލާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް ކުރިމަތިލާއިރު ދައްކަން ޖެހޭ ފީ 15،000 ރުފިޔާއަށް ބޮޑުކުރަން އިންތިހާބާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅި ބިލެވެ. މި ދެބިލަށް ވޯޓަށް އެހުން ދެން އޮންނަ ޖަލްސާއެއްގައި އޮންނާނެކަމަށް ރިޔާސަތުން ވިދާޅުވިއެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް