ޕާސްޕޯޓު ހިފެހެއްޓީ ކޯޓަށް ބައެއް މައުލޫމާތު ލިބިފައިނުވާތީ: އުމަރު

ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަން ހާމަކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓަން އިއްޔެ ސިވިލް ކޯޓުން އަމުރުކުރީ އެ ކޯޓަށް ބައެއް މައުލޫމާތު ލިބިފައިނުވާތީ ކަ...

24 Jul 2018 | 08:38

ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަން ހާމަކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ޕާސްޕޯޓް ހިފަހައްޓަން އިއްޔެ ސިވިލް ކޯޓުން އަމުރުކުރީ އެ ކޯޓަށް ބައެއް މައުލޫމާތު ލިބިފައިނުވާތީ ކަމުގައި އުމަރު ވިދާޅުވެއްޖެ އެވެ.

އުމަރު ވިދާޅުވީ ޕާސްޕޯޓް ހިފެއްޓުމަށް ސިވިލް ކޯޓުން އަމުރެއް ނެރުނުކަން އެނގުނީ މީޑިއާ މެދުވެރިކޮށް ކަމަށާއި އެކަމާއި ގުޅިގެން މިއަދު އޭނާގެ ފަރާތުން ސިވިލްކޯޓަށް ގޮސް މައުލޫމާތު ސާފުކޮށްފައިވާކަމަށެވެ.

"މައުލޫމާތު ސާފުކުރުމުން އެނގުނީ އެ ކޯޓުން އެ އަމުރު ނެރުނު އިރު ޓޫރިސްޓް ސަބްމެރީން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ހިއްސާދާރުންނާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެ ކޯޓަށް ލިބިފައިނުވާކަން، އެކަމާ ގުޅިގެން ލަސްނުކޮށް އެ ކޯޓުން އިތުރު ފައިސަލާއެއް ކުރައްވާނޭކަމަށް މިހާރުވަނީ އެނގިފައި" އުމަރު ވިދާޅުވި އެވެ.

އުމަރު އިތުރަށް ވިދާޅުވީ މި އަހަރު ބޭއްވޭ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އޭނާ ނިންމުމާއި ގުޅިގެން ވިޔަފާރީގެ ހުރިހާ މަސްލަހަތެއް ދޫކޮށްލައި އެކި އެކި ކުންފުނިތަކުގައި ހުރި ހިއްސާތައް ވާނީ އެހެން ފަރާތްތަކަށް ބަދަލުކޮށްފައިކަމަށެވެ. އަދި އެކަން ވާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި މިދިޔަ މަހު ރަޖިސްޓްރީ ކޮށްފައިކަމަށާއި އެއްވެސް ހިއްސާއެއް އޮތް އެއްވެސް ވިޔަފާރިއެއް މިވަގުތު ނޯންނާނެ ކަމުގައިވެސް އުމަރު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް