50 މީހުންނާއެކު ވާދޫ ކަނޑަށް މާފުށީ ފެރީ ހުއްޓިއްޖެ

މާފުށި ފެރީ މާލެ ދަތުރުކުރަމުންދަނިކޮށް އިންޖީނު ހުއްޓުމުން އެހީތެރިވުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އ...

24 Jul 2018 | 05:35

މާފުށި ފެރީ މާލެ ދަތުރުކުރަމުންދަނިކޮށް އިންޖީނު ހުއްޓުމުން އެހީތެރިވުމަށް ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅވީ މާފުށިން ފުރައިގެން މާލެ' ދަތުރުކުރަމުންދިޔަ މާފުށި ފެރީ (ހަނދޭގިރި 2) ވާދޫ ކަނޑުން އިންޖީނު ހުއްޓުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ.

"މި ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 09:17ގައި، ހާދިސާ ހިނގި އިރު ދޯނީގައި 50 މީހުން ތިބި، އޭގެ ތެރޭގައ އަންހެނުންނާއި ކުޑަކުދިންވެސް ހިމެނޭ އަދި 10 ގެސްޓުންވެސް ހިމެނޭ" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ ހާދިސާ ހިނގި ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑް ލޯންޗެއް އަންނަނީ ހަރަކާތްތެރިވަމުން ކަމަށާއި ދޯނީގައި ތިބި މީހުންގެ ތެރޭން އަންހެނުންނާއި ކުޑަކުދިން އަދި ގެސްޓުން އެމްއެންޑީއެފް ކޯސްޓްގާޑު ލޯންޗަށް ނަގައިގެން މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް