ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 09:50 ގައި އެވެ.
އެ އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 10:15 އާއި މެންދުރު ފަހު 3:00 އާއި ދެމެދުގެ ވަގުތުތަކުގައި ހުވަދު އަތޮޅާއި އައްޑުއާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ވަރަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ހަމަ މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ނެރެފައިވާ ޔެލޯ އެލާޓްގައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް