ތޫހު ހަތިޔާރާއި މަސްތުވާތަކެއްޗާއެކު ސ. މަރަދޫން ދެމީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހެކެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ދެމީހުން ހައްޔަރުކޮށްފައިވަނީ ސ. މަރަދޫގައި ތޫނު ހަތިޔާރު ގެންގުޅޭކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިއަދު ހެނދުނު 11:30 ހާއިރު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ކޯޓު އަމުރެއްގެ ދަށުން މަރަދޫ ގެއެއް ބަލާ ފާސްކުރިއިރު ތޫނު ހަތިޔާރު ފެނުމާއި ގުޅިގެންނެވެ.
އެގޮތުން ކަނޑިއަކާއި ތިން ވަޅިއާއި އެއް ތިލަ އާއި އިންޖެކްޝަނަކާއި ޕޮކެޓު ވަޅިއެއް ފެނިފއިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އަދި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ހަ ޕެކެޓް ފެނިފައިވާކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް