އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ. ރައީސް އޮފީހުން ވިދާޅުވެފައިވާގޮތުގައި މި ފުރުޞަތު ހުޅުއްވައިލައްވައިފައިވަނީ މި...

24 Jun 2019 | 09:58

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވެފައިވާގޮތުގައި މި ފުރުޞަތު ހުޅުއްވައިލައްވައިފައިވަނީ މިއަދުން ފެށިގެން 1 ޖުލައި 2019 ވާ ހޯމަދުވަހުގެ 12:00 އަށެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ.

މި ފުރުސަތު ހުޅުވާލާފައިވާއިރު އެ ކޮމިޝަނަށް ފަސް މެމްބަރުން އައްޔަން ކޮށްފައިވަނީ 2014 އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އެ މެމްބަރުންގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

އޭސީސީގެ މެމްބަރުން ގޮތުގައި މިހާރު ތިއްބެވީ އެ ކޮމިޝަނުގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒް ރަޝީދާއި މެމްބަރު ސަފްވަތު މުހައްމަދާއި މެމްބަރު ޔަޒްމީދު އަހުމަދާއި މެމްބަރު އާމިނަތު މިންނާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް