އޭއޭއޭ ޓްރޭޑިންގ ކޮމްޕެނީ އިން ދައުލަތަށް ދައްކަންޖެހޭ 2.8 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ.
މީރާ އިން ބުނީ، އޭއޭއޭ ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މީރާއަށް ޓީ.ޖީ.އެސް.ޓީ އާއި، އެއާގުޅޭ ޖޫރިމަނާ އަދި ގްރީން ޓެކްސް އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ޙުކުމް ކޮށްފައި ވާކަމަށެވެ.
އެކޮމްޕެނީ އަށް މިއަދު ސިވިލް ކޯޓުން ޙުކުމްކޮށްފައި ވާއިރު ޙުކުމްކޮށްފައި ވަނީ އެ ކޮމްޕެނީ އިން ދައުލަތަށް ދައްކަންޖެހޭ، ޓީ.ޖީ.އެސް.ޓީ އަދި އެއާއިގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1,856,587.58 $(އެއް މިލިއަން އަށް ލައްކަ ފަންސާސް ހަ ހާސް ފަސް ސަތޭކަ އަށްޑިހަ ހަތް ޑޮލަރު އަދި ފަންސާސް އަށް ސެންޓު)، އަދި ގްރީން ޓެކްސް އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 959,454 $(ނުވަ ލައްކަ ފަންސާސް ނުވަ ހާސް ހަތަރު ސަތޭކަ ފަންސާސް ހަތަރު ޑޮލަރު) އެވެ.
މި ފައިސާ ފަސް ދުވަހުގެ ތެރޭގައި މީރާ އަށް ދައްކައި ޚަލާސްކުރަން ޖެހޭނެ ކަމަށް ވެސް އެ ޙުކުމުގައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް