ސޭފްޓީ ބޫޓުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ސޭފްޓީ ބޫޓުތަކެއް ވަގަށް ނެގި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މާފަންނު ސަހަރާ ކައިރިންނެވެ. މި ދެ މީހުންގެ އަމަލުތައް ހުރިގޮތުން، ...

24 Jun 2019 | 08:42

ސޭފްޓީ ބޫޓުތަކެއް ވަގަށް ނެގި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މާފަންނު ސަހަރާ ކައިރިންނެވެ. މި ދެ މީހުންގެ އަމަލުތައް ހުރިގޮތުން، ދެ މީހުން ބަލައި ފާސްކުރިއިރު ވަގަށް ނަގާފައިވާ 10 ސޭފްޓީ ބޫޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ މީހަކާއި، 29 އަހަރުގެ މީހެކެވެ. މި ދެ މީހުންވެސް މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް