މަގުމަތީގެ ރައްކާތެރިކަމާއި ސަލާމަތަށް ބިދޭސީން އަހުލުވެރި ކުރުމުގެ ގޮތުން، ހއ.އިހަވަންދޫގައި ފުލުހުން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެ އެރަށުގައި ފުލުހުން ހިންގި މި ޕްރޮގްރާމްގައި، އެއްގަމު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާއި އަދި މަގުމަތީގެ އަދަބުތަކާއި ގުޅޭގޮތުން ބިދޭސީންނަށް މަޢުލޫމާތުދީފައި ވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އަދި މަގުމަތީގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ފުލުހުން ވަނީ ބިދޭސީންނަށް މަޢުލޫމާތު ދީފައެވެ.
މީގެ އިތުރުން ފުލުހުން ވަނީ، ބިދޭސީން ބައިސްކަލު ދުއްވުމުގައި ޤަވާއިދާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލައިފައެވެ. އަދި ބައިސްކަލު ދުއްވުމުގައި ގެންގުޅެންޖެހޭ ޤަވާއިދުތައް ފުލުހުން ވަނީ ކިޔައިދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް