ދެ ޖިންސުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރަމުންދިޔަ ލީޑިންގ ޓީޗަރެއް ހައްޔަރުކޮށްފި

ސުކޫލެއްގެ އަންހެން އަދި ފިރިހެން ދަރިވަރުންތަކަކަށް ތަކުރާރުކޮށް އެކި ދުވަސްމަތިން ޖިންސީ ގޯނާ ކުރަމުންދިޔަ ލީޑިންގ ޓީޗަރެއް ހައްޔަރުކޮށްފިއެވެ. ފުލުހުން ވިދާޅުވީ، މި މީހާ އަކީ މެދުރާއްޖެތެރޭގެ ރަށެއ...

24 Jun 2019 | 06:15

ސުކޫލެއްގެ އަންހެން އަދި ފިރިހެން ދަރިވަރުންތަކަކަށް ތަކުރާރުކޮށް އެކި ދުވަސްމަތިން ޖިންސީ ގޯނާ ކުރަމުންދިޔަ ލީޑިންގ ޓީޗަރެއް ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މި މީހާ އަކީ މެދުރާއްޖެތެރޭގެ ރަށެއްގެ ސުކޫލެއްގައި މަސައްކަތްކުރާ ލީޑިންގ ޓީޗަރެއް ކަމަށެވެ. އަދި މި ޓީޗަރަކީ އުމުރުން 46 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

ފުލުހުންނަށް މިކަމުގެ މަޢުލޫމާތު ލިބިގެން، ކޯޓު އަމުރެއްގެ ދަށުން އެމީހާ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންނަށް މިކަމުގެ މައުލޫމާތު މިމަހުގެ 22 ވަނަ ދުވަހު ލިބިފައިވާއިރު، 23 ވަނަ ދުވަހު އެޑިއުކޭޝަން މިނިސްޓްރީ އާއި މައްސަލަ ހިއްސާކުރެވިފައި ވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަޙުޤީޤު ކުރަމުން ދާއިރު، އެއީ ކޮން ރަށެއްގެ ކޮން ސުކޫލެއް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް