މޫނު ބުރުގާ އަޅައިގެން ތިބެ، ހޮނިހިރު ދުވަހުގެ ރޭ ރެޑްވޭވް ފިހާރައިން ވައްކަން ކުރި ދެ އަންހެނުން ދޫކޮށްލައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި މި ދެ އަންހެނުން ދޫކޮށްލާފައިވަނީ އެ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުންނެވެ.
އެ ދެ ވަގުން ވަގަށް ނަގާފައި ވަނީ ކޮސްމެޓިކްސް ކަމަށާއި، އެތަކެތި މިހާރު ވެރިފަރާތާއި ހާވާލުކުރެވިފައި ވާކަމަށްވެސް ފުލުހުން އިއްޔެ ވިދާޅުވިއެވެ.
މި ދެ އަންހެނުން ވައްކަން ކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ 10:10 ހާއިރު، މަޖީދީ މަގު، ގަލޮޅުގައި ހުރި ރެޑްވޭވް ފިހާރައިންނެވެ.
މޫނުބުރުގާ އެޅި ދެ އަންހެނުން ރޭ ވައްކަންކޮށްފައިވާއިރު، މިދިޔަ ހަފްތާގެ ތެރޭގައި ދެމަފިރިއަކު ވެސް ވަނީ މީހަކު ހަނދާންނެތިގެން ބާއްވާފައި ދިޔަ ވޮލެޓަކުން ވިޔަފާރިކޮށް، އެ ވޮލެޓު ވަގަށް ނަގާފައެވެ. ނަމަވެސް އެ ދެމަފިރިން ފަހުން ވަނީ ވީޑިއޯ އާންމުވުމުން އެ ވޮލެޓު ފުލުހުންނާއި ހަވާލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް