މިއީ ކޯޓުގެ ހުކުމަކުން ނިންމާ ވޯޓަކަށް ވެގެން ނުވާނެ: ރައީސް

ކުރިޔަށް ރިޔާސީ އިންތިހާބުގެ ނަތީޖާ އަކީ ކޯޓެއްގެ ހުކުމަކުން ނިންމާ ވޯޓަކަށް ވެގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. މިއަދު މާފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނ...

24 Jun 2018 | 13:18

ކުރިޔަށް ރިޔާސީ އިންތިހާބުގެ ނަތީޖާ އަކީ ކޯޓެއްގެ ހުކުމަކުން ނިންމާ ވޯޓަކަށް ވެގެން ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

މިއަދު މާފުއްޓަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓަކީ ރައްޔިތުން އެދޭގޮތަށް ރައްޔިތުން ފާހަގަ ލައިގެން ހޮވާ މީހަކު ދައްކާ ވޯޓަކަށް ވާންޖެހޭނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މިހާރު މި އޮތީ "ދެ މޫސުން ބެދޭ ހިސާބަށް" އައިސްފައި ކަމަށާއި އެ މަނިކުފާނުގެ ރިޔާސީ ދައުރު ނިމި، އަނެއް ޒައާމަތު ފެށޭ އިރު މި ވޯޓަކީ ކޯޓުގެ ހުކުމަކުން ނިންމާނެ ވޯޓަކަށް ވެގެން ނުވާނެ ކަމަށެވެ.

މި ވޯޓަކީ ރައްޔިތުން ހިތުން ރުހުމުން ރައްޔިތުން ތަރައްގީއާ އިންތިޒާރުތަކާއި އުންމީދުތަކަށް ނިމުން ގެނެސްދޭ ވަރުގެ ގާބިލިއްޔަތާއި ހަކަތާއި ކެރުންތެރިކަމެއް މާޒީގައި ދައްކާފައި ހުރި މީހަކަށް އާނއެކޭ ބުނުމަށްދޭ ވޯޓަކަށް ވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައްޔިތުން އެދޭ ކަންކަން ކޮށްދެވޭނީ ކޮން ވެރިއަކަށް ކަން ނިންމުމުގެ ފުރުސަތު މިއޮތީ އަނެއްކާ ވެސް ލިބިފަކަމަށާއި އިންތިހާބުގައި ރައްޔިތުން ގޮތް ނިންމާ އިރު، ތަރައްގީއާ މެދު ވިސްނަން ޖެހޭ ކަމަށެވެ.

"މި ވޯޓަކީ، ރައްޔިތުން އެދޭ ގޮތަށް، ރައްޔިތުން ފާހަގަ ލައިގެން ހޮވާ މީހަކު ދައްކާ ވޯޓަކަށް ވާންވާނެ. މި ވޯޓު ނަގަން ޖެހޭ ޖެހުމުގެ ސަބަބުން، ވޯޓު ނޫން ގޮތަކަށް އެ ކަން އެހެން ކޮށްގެން، މާފުއްޓަކީ މި ދެންނެވި ކަހަލަ ކުށްވެރިން ހިމާޔަތްކުރަން އޮންނަ ރަށަކަށް ވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

މާފުށީ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއަށް އޮތް ތަނުގައި ވެސް މި ސަރުކާރުން ކޮށްދޭނެ ކަމުގެ ޔަގީންކަމާ އެކު، އެ ރަށުގައި ކުޑަކުދިންގެ އިސްލާހިއްޔާ އޮތް ބިން ވެސް ރައްޔިތުންނަށް ދޭން ނިންމާފައިވާ ކަމަށް މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް