ރައްޔިތުންނަށް ބޭނުންވާ ތަރައްގީ ހޯދައިދޭން އަދިވެސް ދަރަންޏަށް ފައިސާ ނަގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ކ. ތުލުސްދޫއަށް މިއަދު ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ފުއްދައިދޭން ދައުލަތަށް ލިބޭ އާމްދަނީން ފައިސާ ހަރަދު ކުރެވެން ނެތް ނަމަ ފައިސާ ހޯދެން ހުރި ގޮތަކުން ފައިސާ ހޯދައިގެން ނަމަވެސް އެކަން ކުރައްވާނެކަމަށެވެ. ރައީސް ވިދާޅުވީ ތަރައްގީ ހޯދައިދޭން ރާއްޖޭގެ ދަރަނި އަދިވެސް އިތުރު ކުރައްވާނެ ކަމަށާއި ލޯނު ނަގައިގެން ހަގީގަތަކަށް ހައްދަވައިދެއްވަނީ ރައްޔިތުންގެ ހުވަފެންތަކާއި އުއްމީދު ކަމަށެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ކަންކަން ކޮށްދެއްވިކަން ރާއްޖޭގެ އަރި ހުރަހަށް ބަލާއިރު ފެންނަން އޮންނާނެ ކަަމަށާއި ދެންވެސް ރާއްޖެ ތަރައްގީ ކޮށްދެއްވާނީ އެމަނިކުފާނު ކަމަށެވެ. އަދި ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓުން ނުވެއްޖެ ނަމަ، ރައްޔިތުން އެދެނީ ކޮންމެވެސް އެހެން ގޮތްތަކެއް ހޯދައިގެން ނަމަވެސް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށެވެ.
"އަޅުގަނޑުގެ ވިސްނުމަކީ އަދިވެސް އަޅުގަނޑު ދަރަނި އިތުރު ކުރާނަން. އަދިވެސް ދަރަނި އިތުރު ކުރާނަން. ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭނަން. ރައްޔިތުންނަށް މަދުވެފައި ހުރި ހުރިހާ ކަމެއް އަޅުގަނޑު ކޮށްދޭނަން،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަންބޮޑުވެ، ހާސްވެ، ފާޑުކިޔަނީ ރާއްޖޭގެ ދަރަނި އިތުރުވާ މައްސަލައިގައި ކަމަށެވެ. އެކަމަކު ކުރީ ސަރުކާރުތަކުން ހޯދައި ނުދިން ތަރައްގީ އާއި ކުރިއެރުން އެމަނިކުފާނުގެ ހަތަރު އަހަރުގެ ތެރޭގައި ރައްޔިތުންނަށް ހޯދައި ދެއްވާފައިވާ ކަމަށެވެ.
އެ ބޭފުޅުން އަމިއްލަ އަށް އިއުތިރާފްވެވަޑައިގަންނަވާ ގޮތުން ވެއްޖިއްޔާ، އެ ދަރަނި އަދާކުރާނެ ގޮތެއް އެބޭފުޅުންގެ ޚިޔާލުފުޅަކު ނެތް. އަޅުގަނޑުގެ ވިސްނުމަކީ އަދިވެސް އަޅުގަނޑު ދަރަނި އިތުރުކުރުން. ރައްޔިތުންނަށް ބޭނުންވާ ކަންކަން ކޮށްދޭނަން." ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖޭގެ ރަށްތަކަށް ތަރަައްގީގެ މަޝްރޫއުތައް މި ސަރުކާރުން ހިންގީ، މަގުމައްޗަށް ނުކުމެ މުޒާހަރާކޮށްގެން ނޫނެވެ. މަގުމަތީގައި އަބަދު މުޒާހަރާކުރަން ތިބޭ ނަމަ، އެތަނުގައި އިމާރާތަކަށް ޖާގައެއް ނެތް ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް