ވިލިނގިލިން ދާންދޫއަށް މަސްތުވާތަކެތި ގެންދަން އުޅުނު ބަޔަކު ހައްޔަރުކޮށްފި

ގއ. ވިލިނގިލިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ވިލިނގިލިން އެ އަތޮޅު ދާންދޫއަށް މަސްތުވާތަކެތި ގެންދަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ހިންގި ...

24 Jun 2018 | 06:26

ގއ. ވިލިނގިލިން މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރު ކުރީ ވިލިނގިލިން އެ އަތޮޅު ދާންދޫއަށް މަސްތުވާތަކެތި ގެންދަން އުޅޭކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއްގައި އެކަމަށެވެ. އެ އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 23 އަހަރާއި 30 އަހަރުގެ ދެ ފިރިހެނުންނެވެ.

އެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައިވާ ފަސް ރަބަރު ޕެކެޓާއި، ސެލޯފިންކޮޅެއް ފެނިފަވާ ކަމަށް ފުލުހުން ބުނެ އެވެ.

މި މީހުންނަށް މުއްދަތު ޖެހުމަށް ވިލިނގިލީ މެޖިސްޓްރޭޓު ކޯޓަށް ހާޒިރު ކުރުމުން 23 އަހަރުގެ މީހާ އާއި 30 އަހަރުގެ އެކަކު ވަނީ ދޫކޮށްލާފައި އެވެ. އަނެއް މީހާގެ ބަންދަށް އަށް ދުވަސް ޖަހައިދީފައި އެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް