ތުލުސްދޫ ބަނދަރު ރައީސް ޔާމީން ރަސްމީކޮށް ހުޅުވައި ދެއްވައިފި

ކ. ތުލުސްދޫގައި ސަރުކާރުން ތަރައްގީކުރި ބަނދަރު ރަސްމީކޮށް ހުޅުވައިފި އެވެ. މި ބަނދަރު ރަސްމީކޮށް ހުޅުވީ ކ. އަތޮޅުގެ ތިން ރަށަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގ...

24 Jun 2018 | 06:15

ކ. ތުލުސްދޫގައި ސަރުކާރުން ތަރައްގީކުރި ބަނދަރު ރަސްމީކޮށް ހުޅުވައިފި އެވެ.

މި ބަނދަރު ރަސްމީކޮށް ހުޅުވީ ކ. އަތޮޅުގެ ތިން ރަށަކަށް ރައީސް އަބްދުﷲ ޔާމީން މިއަދު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ތުލުސްދޫއަށް ވަޑައިގެން ނެވެ.

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ)ގެ ލޯނު އެހީ އާއި ދައުލަތުގެ ބަޖެޓުން ހަރަދު ކޮށްގެން އެ ބަނދަރު ހަދާފައިވަނީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑުންނެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލު ކުރީ 2015 ވަނަ އަހަރު އެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލު ކުރީ 2.6 މިލިއަން ޑޮލަރަށެވެ.

މިހާރު އެ ބަނދަރަކީ 800 ފޫޓު ދިގު 300 ފޫޓު ފުޅާ ބަނދަރެކެވެ. އަދި 110 މީޓަރުގެ ރިވެޓްމަންޓެއް ގާއިމްކޮށްފައިވާއިރު، 290 މީޓަރުގެ ބޭރު ތޮއްޓެއް ވަނީ ގާއިމް ކޮށްފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި މިއަދު ދެން ވަޑައިގެންނަވާނީ މާފުއްޓަށާއި ގުރައިދޫ އަށެވެ.

މާފުއްޓަށް ވަޑައިގެން އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި ގުރައިދޫ އަށް ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުވައިދެއްވައި، އެރަށުގައި ގާއިމްކޮށްފައިވާ ރައްކާތެރި ބޯފެނުގެ ހިދުމަތް އިފްތިތާހު ކޮށްދެއްވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް