މި އަހަރު ރާއްޖޭގެ ޓޫރިޒަމް އޮކިއުޕެންސީ 67 ޕަސެންޓް މަތިވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އަހަރުގެ ޖެނުއަރީން މެއި މަހުގެ ނިޔަލަށް ހުރީ 52.4 ގައެވެ. ޓޫރިޒަމް މިނިސްޓްރީން ނެރުނު މިދިޔަ މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ރާއްޖޭގެ ޖުމްލަ އޮކިއުޕެންސީ ހުރީ 67.4 ޕަސެންޓުގަ އެވެ. މިއީ މި ދިޔަ އަހަރުގެ ޕަސެންޓާ އަޅާ ބަލާއިރު 2.2 ޕަސެންޓުގެ އިތުރުވުމެކެވެ.
ޓޫރިޒަމް އެންމެ ދަށް ދުވަސްވަރު ރާއްޖޭގެ އޮކިއުޕެންސީ މަތިވެފައިވާއިރު، މެއި މަހުގެ ނިޔަލަށް ރާއްޖޭގެ ޓޫރިޒަމްގައި ޖުމްލަ 42,680 އެނދު އެބަހުއްޓެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ ހަމައަށް އައިރު ހުރީ 39,505 އެނދެވެ. މިއީ 8 ޕަސެންޓުގެ އިތުރުވުމެކެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަމަހު އައި ޓޫރިސްޓުންގެ އަދަދު ދަށްވިނަމަވެސް، މި އަހަރުގެ މިހާތަނަށް އައި މީހުންގެ އަދަދު ވަނީ ބޮޑުތަން އިތުރު ވެފައެވެ. މި އަހަރުގެ މިހާތަނަށް 632,729 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 632,729 މީހުންނާ އަޅާ ބަލާއިރު 10.6 ޕަސެންޓް އިތުރުވުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް