ރާއްޖޭގެ 16 ރަށެއްގައި ޗައިނާގެ މިލިޓަރީ ބޭސް އަޅާފާނެ: ކުރީގެ ފޮރިން މިނިސްޓަރު

ޗައިނާއިން އަންނަނީ ރާއްޖޭގެ ބިމަށް ބާރުގަދަ ކުރަމުން ކަމަށާއި ރާއްޖޭގެ 16 ރަށެއްގައި ޗައިނާގެ މިލިޓަރީ ބޭސް އަޅާފާނެ ކަމުގައި މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރު ކަން އަދާކުރެއްވި އަހު...

24 Jun 2018 | 05:00

ޗައިނާއިން އަންނަނީ ރާއްޖޭގެ ބިމަށް ބާރުގަދަ ކުރަމުން ކަމަށާއި ރާއްޖޭގެ 16 ރަށެއްގައި ޗައިނާގެ މިލިޓަރީ ބޭސް އަޅާފާނެ ކަމުގައި މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރު ކަން އަދާކުރެއްވި އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ނަސީމް މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ ޓްރިބިއުން އިންޑިއާ އަށް ދީފައިވާ އިންޓަވިއުއެއްގައި އެވެ.

އެ އިންޓަވިއުގައި ނަސީމް ވިދާޅުވެފައިވަނީ ޗައިނާއިން ރާއްޖޭގެ ބިންތައް ހޯދަމުން ދަނީ މިލިޓަރީ ބޭސްތައް އަޅަން ކަމަށާއި އެކަމުގެ ސަބަބުން އިންޑިއާ ކަނޑުގެ މަސްލަހަތު ގެއްލިގެންދާނެ ކަމަށެވެ.

އިންޑިއާއިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރު ފޮނުވާލަން ރާއްޖޭގެ ސަރުކާރުން ނިންމި ނިންމުމާއިމެދު ނަސީމް ވިދާޅުވެފައިވަނީ ޗައިނާ ބޭނުންވަނީ ރާއްޖެއިން އިންޑިއާ ބޭރުކޮށްލަން ކަމަށާއި ކަންވަމުންދަނީ އެގޮތަށް ކަމަށެވެ. އަދި ހެލިކޮޕްޓަރު އޮތް އަތޮޅުގައި ޗައިނާ މީހުން އެބަ ތިބި ކަމަށާއި ހެލިކޮޕްޓަރު ފޮނުވާލަން ބޭނުންވަނީ އެމީހުންކަމުގައި ނަސީމް ވިދާޅުވެފައިވެ އެވެ. އަދި އެ ހެލިކޮޕްޓަރުތަކަކީ ދިވެހިންނަށް އަގުހުރި ހިދުމަތެއް ކޮށްދެމުން އަންނަ ހެލިކޮޕްޓަރުތަކެއް ކަމަށާއި ބަލި މީހުން އުފުލުމުގައި ހެލިކޮޕްޓަރު ހަރަކާތްތެރިވަމުން އަންނަކަމުގައި ނަސީމް ވިދާޅުވެފައި ވެ އެވެ.

އިންޑިއާ ރައްޔިތުންގެ ވިސާސާއިމެދު ސުވާލުކޮށްފައިވާއިރު އެ މައްސަލައިގާ ނަސީމް ވިދާޅުވެފައިވަނީ ރައީސް ޔާމީން އެއްވެސް އިރެއްގައި އިންޑިއާއާއި ގަޔާ ނުވާކަމަށާއި އިންޑިއާ ރައްޔިތުން މާ ގިނައިން ރާއްޖޭގައި އުޅޭ ކަމުގައި ރައީސް ޔާމީން ގަބޫލުފުޅު ކުރައްވާކަމަށެވެ. ނަމަވެސް ހަގީގަތުގައި ގިނައީ ބަންގްލަދޭޝް އަދި ލަންކާ ރައްޔިތުން ކަމުގައި ނަސީމް ވިދާޅުވެފައި ވެ އެވެ.

ނަސީމް އިތުރަށް ވިދާޅުވެފައިވަނީ ޗައިނާއިން ރާއްޖޭގައި އަތްގަދަކުރަން ކުރާ މަސައްކަތަށް އިންޑިއާއިން ފާޅުގައި ނޫނެކޭ ބުނަންނ ޖެހޭ ކަމަށާއި ރާއްޖޭގައި ޑިމޮކްރަސީ އިއާދަ ކުރުމުގައި އިންޑިއާ އަދާކުރަންޖެހޭ ދައުރު ބޮޑު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް