އިންޑިއާގައި ފަސް އަންހެނުން ރޭޕް ކުރުމަށް ފަހު ހެދިގޮތް އަދި މާ ގޯސް!

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އިންޑިއާގެ ޖާރްހަންދް ސްޓޭޓުގެ އެކަހެރި އަވަށެއް ކަމަށްވާ ކުންތީގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ފަސް އަންހެނަކު ރޭޕް ކުރި ހާދިސާ އަކީ އިއްޔެ އިންޑިއާ ...

24 Jun 2018 | 03:30

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އިންޑިއާގެ ޖާރްހަންދް ސްޓޭޓުގެ އެކަހެރި އަވަށެއް ކަމަށްވާ ކުންތީގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ ޖަމިއްޔާއެއްގެ ފަސް އަންހެނަކު ރޭޕް ކުރި ހާދިސާ އަކީ އިއްޔެ އިންޑިއާ ސިއްސުވާލު ހާދިސާ އެކެވެ.

އެކަން ސިއްރުވެފައި އޮތުމަށް ފަހު އެ ފަސް އަންހެނުން މައްސަލަ ފުލުހަށް ހުށަހެޅުމުން ފުލުހުން ވަނީ އެ މީހުން ރޭޕް ކުރުމުގައި ބައިވެރިވި ހަ މީހުންގެ ތެރެއިން ދެ މީހަކު މިހާރު ހައްޔަރުކޮށްފައި އެވެ. އެ ދެމީހުން ވަނީ އެ މީހުން ރޭޕް ކުރިކަމަށާއި އޭގެ ފަހުގައި ކުރި ކަންތައްތައް ކުރި ކަމަށް އެއްބަސްވެފައި އެވެ.

އެމީހުން ބުނީ ހަތަރު ގަޑި އިރު ވަންދެން އެ ފަސް އަންހެނުން ރޭޕް ކުރި ކަމަށާއި ރޭޕް ކުރަމުން އެތަން ވީޑިއޯވެސް ކުރި ކަމަށެވެ. އަދި އެ މައްސަލަ ރިޕޯޓުކޮށްފި ނަމަ ވީޑިއޯ ލީކު ކުރާނެ ކަމަށް ބުނެ ބިރު ދެއްކި ކަމަށެވެ.

ރޭޕް ކުރުމަށް ފަހު އޭ ތެރެއިން އެކަކު ގެންގުޅުނު ބަޑިއަކާއި، ގަހެއްގެ ގޮފި ގަނޑެއްގެ އިތުރުން އޭގެ ތެރެއިން އެކަކު ކަމުން ދިޔަ ދުންފަތް ގަނޑެއް އެ ހުރިހާ އަންހެނުންގެ ޖިންސީ ގުނަވަނަށް އެތެރެ ކުރި ކަމަށް ހައްޔަރު ކުރި ދެމީހުން ބުންޏެވެ. އަދި އޭގެ ފަހުން އެ މީހުންގެ ކުޑަކަމުދާ ތަކެތި ގަދަކަމުން އެ ފަސް އަންހެނުންނަށް ބޯންދިން ކަމަށް ބުންޏެވެ.

ރޭޕް ކުރި އަންހެނުންގެ ތެރޭގައި ހިމެނެނީ އުމުރުން 20 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނެވެ. އެމީހުން އެ އަވަށަށް ދިޔައީ އެ ތަނުގައި ހުރި ކްރިސްޓިއަން ސްކޫލެއްގެ ކުދިންނަށް ޕްރޮގްރާމެއް ހިންގާށެވެ.

މިހާދިސާ ރިޕޯޓު ކުރުން ލަސްވި ސަބަބާއި ގުޅޭގޮތުން ފުލުހުން ބުނީ އެ އަންހެނުންތައް ރޭޕް ކުރި ހާދިސާ ގޮސް ކިޔައިދީ އެ ސްކޫލްގެ އިސް ފާދިރީއަށް ކަމަށެވެ. އެކަމަކު އޭނާ އެމީހުންނަށް އިރުޝާދު ދިނީ މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ ބަދަލުގައި އޮއްބާލުމަށެވެ. އެހެންވެ ފުލުހުން ވަނީ ފާދިރީ އާއި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ދެކޮޅު ހެދި ސްކޫލްގެ އިތުރު ދެ މުވައްޒަފަކު ހައްޔަރުކޮށްފައި އެވެ.

އެމީހުން ރޭޕް ކޮށްފައިވަނީ އެ ޖަމިއްޔާގައި މަސައްކަތް ކުރާ ފިރިހެނުންތަކަކާއި އެކު މަސައްކަތް ކުރަމުން ދަނިކޮށް ބަޑިން ބިރުދައްކައިގެން އެ އެންމެން ޖަންގައްޔަކަށް ގެންދިއުމަށް ފަހު އެވެ. އެ ފިރިހެނުންތަކަށް ހެދިގޮތެއް ފުލުހުން އަދި އެމީހުންވެސް ހާމައެއް ނުކުރެ އެވެ.

އެކަމަކު އެ ހާދިސާއަށް ފަހު ފަސް އަންހެނުން އެނބުރި ސްކޫލަށް ދިޔައީ އެމީހުންނާއި އެކު ކަމަށްވެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް