ހުޅުމާލޭ މެޑިކަލް ފެސިލިޓީ އައިޖީއެމް ހޮސްޕިޓަލާ ހަވާލުކޮށްފި

ކޯވިޑް-19 އާއި ގުޅިގެން ހުޅުމާލޭގައި ގާއިމްކުރި މެޑިކަލް ފެސިލިޓީ ނިންމައި، އައިޖީއެމް ހޮސްޕިޓަލާ ހަވާލުކޮށްފިއެވެ. ހަވާލު ކުރުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ވަނީ ބާއްވާފައެވެ. އައިޖީއެމް ހޮސްޕިޓަލުނ...

24 May 2020 | 14:27

ކޯވިޑް-19 އާއި ގުޅިގެން ހުޅުމާލޭގައި ގާއިމްކުރި މެޑިކަލް ފެސިލިޓީ ނިންމައި، އައިޖީއެމް ހޮސްޕިޓަލާ ހަވާލުކޮށްފިއެވެ.

ހަވާލު ކުރުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ވަނީ ބާއްވާފައެވެ.

އައިޖީއެމް ހޮސްޕިޓަލުން ބުނެފައިވަނީ އެ ފެސިލިޓީ މިއަދު އެ ހޮސްޕިޓަލާ ހަވާލުކޮށްފައިވާކަމަށެވެ.

މި ފެސިލިޓީއަކީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާ ދޭން ގާއިމްކުރި ފެސިލިޓިއެކެވެ. މިފެސިލިޓީ ގާއިމް ކުރުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިސް ދައުރެއް އަދާކޮށްފައިވެއެވެ.

https://twitter.com/igmhmv/status/1264553700502245378

މި ފެސިލިޓީ ނިމުން ލަސްވެގެންދިޔަ އެއް ސަބަބަކީ އެ ފެސިލިޓީ ތައްޔާރު ކުރުމުގައި މަސައްކަތްކުރި ގިނަ ބަޔަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެގެން ދިއުމެވެ. ނަމަވެސް މެދުކެނޑުމެއްނެތި 24 ގަޑިއިރު މަސައްކަތްކޮށް މިހާރު މިވަނީ މި ފެސިލިޓީ ހަދާ ނިންމާ އައިޖީއެމް ހޮސްޕިޓަލާ ހަވާލުކޮށްފައެވެ. މި ފެސިލިޓީއަކީ 290 އެނދުގެ ފެސިލިޓީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް