ދެކުނަށް ރީނދޫ ސަމާލު: ގުގުރުމާއެކު ބޯކޮށް ވާރޭވެހުން، 50 މޭލަށް ވައިގަދަވުން އެކަށީގެންވޭ

އެންމެ ދެކުނުގެ ފަސް އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ އެންމެ ދެކުނުގެ ފަސް އަތޮޅު ކަމަށްވާ، ލ، ގއ، ގދ، ފުވައްމުލަ...

24 May 2020 | 13:43

އެންމެ ދެކުނުގެ ފަސް އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ އެންމެ ދެކުނުގެ ފަސް އަތޮޅު ކަމަށްވާ، ލ، ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ.

މި ސަމާލުގައި ލަފާކޮށްފައިވަނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށެވެ.

މި ސަމާލު ނެރެފައިވަނީ މިރޭ މިއަދު 06:00 އިން މިރޭ 09:00 އާއި ހަމައަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް