ފަހު ދިހައިގާ އިއުތިކާފަށް ތިބެވޭނެ އަދި ދަމު ނަމާދު ކުރާނެ މިސްކިތްތައް މިނިސްޓްރީން އާންމުކޮށްފި

މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި މާލޭ ސިޓީގައި އިއުތިކާފަށް ތިބެވޭނެ މިސްކިތްތަކާއި ދަމު ނަމާދު ކުރާނެ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ. އެގޮތުން މާލޭގައި 15 މިސްކިތެއް، ވިލިމ...

24 May 2019 | 07:24

މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި މާލޭ ސިޓީގައި އިއުތިކާފަށް ތިބެވޭނެ މިސްކިތްތަކާއި ދަމު ނަމާދު ކުރާނެ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

އެގޮތުން މާލޭގައި 15 މިސްކިތެއް، ވިލިމާލޭގައި ތިން މިސްކިތެއް އަދި ހުޅުމާލޭގައި ފަސް މިސްކިތެއްގައި އިއުތިކާފަށް ތިބެވޭނެ ކަމާއި އެ މިސްކިތްތަކުގައި ދަމުނަމާދު ކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މާލޭގައި އިއުތިކާފަށް ތިބެވޭ އަދި ދަމު ނަމާދުކުރާނެ މިސްކިތްތައް

މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢްޡަމް (އިސްލާމީ މަރުކަޒު)

މަސްޖިދުއްސުލްޠާނު މުޙައްމަދު ބިން ޢަބްދިﷲ

މަސްޖިދުއްސުލްޠާނު މުޙައްމަދު ޝަމްސުއްދީން

މަސްޖިދުއްސުލްޠާނު މުޙައްމަދު ފަރީދުލްއައްވަލު

މަސްޖިދުއްސުލްޠާން ޙަސަން ޢިއްޒުއްދީން

މަސްޖިދު ޞަލާޙުއްދީން

މަސްޖިދު ފުރްޤާން

މަސްޖިދު ޖަލާލުއްދީން

މަސްޖިދުއްނޫރު

އިބްރާހީމީ މިސްކިތް

މަސްޖިދުއްޝަހީދު ޢަލީ

މަސްޖިދު އިސްކަންދަރު

މަސްޖިދު ޝަހީދު ޢަބްދުއްރަޙްމާން (ފަނޑިޔާރު މިސްކިތް)

މަސްޖިދުއްސުލްޠާން މުޙައްމަދު ޢިމާދުއްދީން

މުޙައްމަދު ޖަމީލްދީދީ މިސްކިތް

ވިލިމާލޭގައި އިއުތިކާފަށް ތިބެވޭ އަދި ދަމު ނަމާދުކުރާނެ މިސްކިތްތައް

މަސްޖިދުއްސަލާމް

މަސްޖިދުލްއިޚްލާޞް

މަސްޖިދުލް ބިއްރި

ހުޅުމާލޭގައި އިއުތިކާފަށް ތިބެވޭ އަދި ދަމު ނަމާދުކުރާނެ މިސްކިތްތައް

މަސްޖިދު ޝައިޚް ޤާސިމް ބިން އާލްޘާނީ

މަސްޖިދު ޢަޒީޒާ މޫސާ

މަސްޖިދު ޒައިދު ބުން ސާބިތު

ހުޅުމާލެ ވަގުތީ މިސްކިތް

މަސްޖިދު ޢުމަރު ބިން ޚައްޠާބު

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް