ތިން މީހުންނާއި އެކު ދަތުރު ކުރި ދޯންޏެއް ބަންޑުން ޖަހާލައިފި

ގާ ޕަލެޓުތަކެއް ބަރުކޮށްގެން ދިޔަ ދޯންޏެއް ކ. އާރަށް ކައިރިއަށް ބަންޑުން ޖަހާލައިފި އެވެ. އެމްއެންޑީއެފުން ބުނީ "ހަވާ" ނަމަކަށް ކިޔާ އެ ދޯނި ދަތުރު ކުރަމުން ދިޔައީ މާލެއިން ފުރައިގެން އަކިރިފުށި ރިސޯޓ...

24 May 2018 | 07:57

ގާ ޕަލެޓުތަކެއް ބަރުކޮށްގެން ދިޔަ ދޯންޏެއް ކ. އާރަށް ކައިރިއަށް ބަންޑުން ޖަހާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ "ހަވާ" ނަމަކަށް ކިޔާ އެ ދޯނި ދަތުރު ކުރަމުން ދިޔައީ މާލެއިން ފުރައިގެން އަކިރިފުށި ރިސޯޓަށް ކަމަށެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ކޮށްފައިވަނީ ހެނދުނު 11:11 ހާއިރު އެވެ.

ދޯނި ބަންޑުން ޖަހާލި އިރު ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ތިއްބެވެ. އެމްއެންޑީއެފުން ބުނީ އެމީހުން ކަނޑުމަތިން ފެނިގެން ނަގާފައިވަނީ އެ ސަރަހައްދުން ދަތުރު ކުރަމުންދިޔަ ލޯންޗަކުން ކަމަށެވެ.

އެމީހުން މާލެ ގެނެސް ހޮސްޕިޓަލުން ފަރުވާދީފައިވާއިރު މާބޮޑު އަނިޔާއެއް ނުލިބެ އެވެ.

ދޯނީގެ ވެރިފަރާތުން މިހާރު ވަނީ އެ ދޯނި ކަފު ޖަހައިގެން ހުޅުމާލޭ ފަޅަށް ގެންގޮސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް