ކަނޑާއި ވައި ގަދަވާނެތީ ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓު ނެރެފި

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފި އެވެ. އެ ސަރަހައްދުތަކަށް އެލާޓު ނެރެފައިވަނީ މެ...

24 May 2018 | 07:39

މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގަ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން ކ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފި އެވެ.

އެ ސަރަހައްދުތަކަށް އެލާޓު ނެރެފައިވަނީ މެންދުރު 12:45 ން ހަވީރު 4:45 އަށެވެ.

މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދުގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ. އަދި އާންމު ގޮތެއްގައި 25 މޭލާއި 35 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހުނަސް ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ އެވެ. އެކަމަކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފައެއް ނުކުރެ އެވެ.

މެޓް އޮފީހުން ވަނީ ކަނޑު ދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައި އެވެ.

ޔެލޯ އެލާޓަކީ ހާދިސާއެއް ދިމާވެދާނެ ކަމަށް ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން ތިބުމަށް ހަނދާން ކޮށްދިނުމުގެ ގޮތުން ނެރޭ އެލާޓެކެވެ.

މޫސުން ގޯސްވެ މުޅި ރާއްޖެއަށް ދަނީ ގުގުރުމާއި އެކު ބޯކޮށް ވޯކޮށް ވާރޭވެހެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް