ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި އެވެ. މިއީ މިމަހު ޕެޓްރޯލާއި ޑީސަލްގެ އަގަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. މިމަހުގެ ހަތް ވަނަ ދުވަހު ވަނީ ޕެޓްރޯލާއި ޑީސަލް ވިއްކި...

24 May 2018 | 07:06

އެސްޓީއޯއިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ބޮޑުކޮށްފި އެވެ.

މިއީ މިމަހު ޕެޓްރޯލާއި ޑީސަލްގެ އަގަށް ބަދަލު ގެނައި ދެވަނަ ފަހަރެވެ. މިމަހުގެ ހަތް ވަނަ ދުވަހު ވަނީ ޕެޓްރޯލާއި ޑީސަލް ވިއްކި އަގުން 31 ލާރި ބޮޑުކޮށްފައި އެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރަކުން 35 ލާރި އަދި ޑީސަލް ލީޓަރަކުން 41 ލާރި ބޮޑު ކުރަން ނިންމާފައިވާ ކަމަށެވެ. މި ބަދަލާއި އެކު މިހާރު ޕެޓްރޯލް ލީޓަރެއް ލިބޭނީ10.77 ރުފިޔާ އަށް އަދި ޑީސަލް ލީޓަރެއް 11.13 ރުފިޔާ އަށެވެ.

މި ބަދަލު ގެނައީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާއި ގުޅިގެން ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިއީ މިއަހަރު ތެރޭގައި ޑީސަލްގެ އަގަށް ބަދަލު ގެނައި ހަތަރު ވަނަ ފަހަރެވެ. އަދި ޕެޓްރޯލްގެ އަގަށް ބަދަލު ގެނައި ތިން ވަނަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް