އިންފްލުއެންޒާ އަކީ ކޮން އެއްޗެއްކަން އިނގޭތަ؟

މި ދުވަސްވަރަކީ ކޮންމެ އަހަރަކުވެސް އިންފްލުއެންޒާ އާއި ވައިރަލް ހުމާއި، ޑެންގީ ހުން ފަދަ ތަފާތު ރޯގާތައް ފެތުރުން ގިނަ ދުވަސް ވަރެކެވެ. މި ރޯގާ ތަކުގެ ތެރެއިން އެންމެ ބޮޑަށް ސަމާލުކަން ދިނުމަށް ހެލްތ...

24 May 2018 | 05:29

މި ދުވަސްވަރަކީ ކޮންމެ އަހަރަކުވެސް އިންފްލުއެންޒާ އާއި ވައިރަލް ހުމާއި، ޑެންގީ ހުން ފަދަ ތަފާތު ރޯގާތައް ފެތުރުން ގިނަ ދުވަސް ވަރެކެވެ.

މި ރޯގާ ތަކުގެ ތެރެއިން އެންމެ ބޮޑަށް ސަމާލުކަން ދިނުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސް ކޮށްފައިވަނީ އިންފްލުއެންޒާއަށެވެ. އިންފްލުއެންޒާއަކީ، އިންފްލުއެންޒާ ވައިރަސްއަކުން ނޭވާލާ ނިޒާމަށް ޖެހޭ އަރިދަފުސް ރޯގާ ފަދަ ބައްޔެކެވެ.

އިންފްލުއެންޒާ އަކީ މޫސުމަށް އަަންނަ ބަދަލުތަކާއެކު ފެތުރޭ އާދައިގެ ރޯގާއާ ހިލާފަށް، އޭގެ ނުރައްކަލާއި ވޭން ބޮޑު ރޯގާ އެކެވެ. އަދި މިކަމުގެ ސަބަބުން މީހުންގެ ހާލަތު ސީރިއަސް ފުރާނައަށް ނުރައްކާވާ ހިސާބަށް ދެ އެވެ.

އިންފްލުއެންޒާ ފެތުރެނީ ބަލި ޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ވައިގެ ތެރެއަށްދާ އިންފްލުއެންޒާ ޖަރާސީމު އެހެން މީހެއްގެ ނޭވާލާ ނިޒާމަށް ދިއުމުންނެވެ. ޖަރާސީމު ހަރުލާފައިވާ ނުވަތަ އެކުލެވިފައިވާ ތަންތަނުގައި ނޭނގި ނަމަވެސް އަތްލުމަށް ފަހު އަނގަޔާއި ނޭފަތުގައި އަތް ލުމުންވެސް މި ބަލި ގަޔަށް އަރާނެ އެވެ.

އާންމުކޮށް އިންފްލުއެންޒާ ޖެހެނީ މާބަނޑު މީހުން، ފަސް އަހަރުން ދަށުގެ ކުޑަކުދިން، ފުއްޕާމޭގެ މައްސަލަ ހުންނަ މީހުން، ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުން އަދި އުމުރުން ދުވަސްވީ މީހުންނަށެވެ.

އިންފްލުއެންޒާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން:

ސައިބޯނި ލައިގެން އަތް ދޮވުން

މީހުން ގިނައިން އުޅޭ ތަންތަނަށް ދިއުން މަދުކުރުން

އިންފްލުއެންޒާ ވެކްސިން ޖެހުން

އިންފްލުއެންޒާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުން، ނޭފަތުން ފެން އައުން، ގައިން ވަރުދެރަވެ، ބޮލުގައި ރިއްސާ، ގައިގަ އާއި ކަރުގަ ރިއްސުމުގެ އިތުރުން ކެއްސުން ހިމެނެ އެވެ. ޑޮކްޓަރުން ލަފާދޭ ގޮތުގައި ތިން ދުވަސް ވަސްދެން މި އަލާމާތްތައް ފެންނަ ނަމަ ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކަން ވާނެ އެވެ.

އިންފްލުއެންޒާ ފެތުރުމުގެ ފުރުސަތު އެންމެ ބޮޑީ ބަލި ޖެހިފައިވާ ނުވަތަ ރަނގަޅުވާ މީހުންގެ ތެރެއިން ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފަރާތުންނެވެ. އާންމު ގޮތެއްގައި މި ބަލި ފެތުރޭނީ ބަލި ޖެހުމަށް ފަހު އެއް ދުވަސް ފަހުން، ފަސް ދުވަހާއި ހަތް ދުވަހާއި ދޭތެރޭގައި އެވެ. އެކަމަކު ކުޑަކުދިންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ގައިން އެއަށް ވުރެ ގިނަ ދުވަސް ފަހުންވެސް ބަލި އެރުމުގެ ފުރުސަތު ބޮޑެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް