އިއްޔެރޭ ދަންވަރު ހައްޔަރު ކުރި ހއ. ދިއްދޫ ކައުންސިލްގެ ރައީސް އަލީ ހާޝިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ފުލުހުން އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ގޭގައި އުޅުއްވަނިކޮށެވެ. އޭނާ ދިރިއުޅުއްވާ ގެ ބަލާ ފާސްކުރުމަށް ފަހު ހައްޔަރު ކުރީ ސައްހަނޫން ލިޔެކިޔުންތަކެއް ގެންގުޅޭ ކަމުގެ ތުހުމަތުގައި އެވެ.
ހާޝިމް ހައްޔަރުކުރީ މިދިޔަ މާޗް މަހުގެ އެއްވަނަ ދުވަހު ދިއްދޫ ކައުންސިލް އިދާރާއިން ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ފޮނުވި ލިޔެކިޔުންތަކުގެ ތެރޭގައި ސައްހަ ނޫން ލިޔެކިޔުންތަކެއް ހުރިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ސައްހަ ނޫން ލިޔުންތައް އުފެއްދުމުގައި ހާޝިމްގެ ބައިވެރިވުމެއްވާ ކަމަށް ތުހުމަތުކުރެވޭތީ އާއި، އެމައްސަލާގައި ހެކިބަސް ދޭން ތިބި ބަޔަކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލަފާނެ ކަމަށް ބެލެވޭތީ ކަމަށްވެސް އަމުރުގައިވެ އެވެ.
ހައްޔަރު ކުރުމަށް ފަހު އިއްޔެ އޭނާ ބަންދަށް ފަސް ދުވަސް އިތުރުކޮށްފައިވެ އެވެ. ހާޝިމްގެ ބަންދުގެ މުއްދަތު އުތުރުކޮށްފައިވަނީ ހއ. ފިއްލަފޫ މެޖިސްޓްރޭޓު ކޯޓުންނެވެ.
އެމްޑީޕީއަށް ނިސްބަތްވާ ހާޝިމް ވަނީ މީގެ ކުރިން ދެ ފަހަރަކު ސަސްޕެންޑުކޮށްފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް