ކުޑަކުދިންނަށް އިހުމާލުވުމުގެ މައްސަލަތައް އިތުރުވަނީ!

ކުޑަކުދިންނަށް ފޯރުކޮށްދޭން ޖެހޭ އަޅާލުމާއި އޯގާތެރިކަން ފޯރުކޮށް ނުދެވި އިހުމާލުވުމުގެ މައްސަލަތައް އިތުރުވަމުންދާ ޖެންޑާ މިނިސްޓްރީން ބުނެފި އެވެ. އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައް...

24 May 2018 | 04:19

ކުޑަކުދިންނަށް ފޯރުކޮށްދޭން ޖެހޭ އަޅާލުމާއި އޯގާތެރިކަން ފޯރުކޮށް ނުދެވި އިހުމާލުވުމުގެ މައްސަލަތައް އިތުރުވަމުންދާ ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ މަހު އެންމެ ގިނައިން ކުޑަކުދިންނާއި ގުޅޭގޮތުން ހުށަހެފައިވަނީ އިހުމާލުވުމުގެ މައްސަލައެވެ. އެއީ 44 މައްސަލަ އެކެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އެއް މަހުން އަނެއް މަހަށް އިހުމާލު ވުމުގެ މައްސަލަތަށް އިތުރުވަމުން ދާކަމަށެވެ. އެގޮތުން މިދިޔަ ޑިސެމްބަރު މަހު އިހުމާލުވުމުގެ 13 މައްސަލަ ހުށަހެޅުނު އިރު އެ އަދަދު މިއަހަރުގެ ފެބްރުއަރީ މަހު ވަނީ 18 އަށް އިތުރުވެފައި އެވެ.

ކުޑަކުދިންނާއި ގުޅޭގޮތުން މިދިޔަ މަހު ހުށަހެޅުނު އިތުރު މައްސަލަތަކަށް ބަލާއިރު ޖިންސީ އަނިޔާގެ 35 މައްސަލަ، ޖިސްމާނީ ހާނިކައިގެ 16 މައްސަލަ، ނަފްސާނީ ހާނިކައިގެ 11 މައްސަލަ ހުށަހެޅިފައިވެ އެވެ. އަދި ބުލީ ކުރުމާއި، ސައިބާ ކްރައިމްގެ ދެ މައްސަލަ އާއި ގެވެށި އަނިޔާކުރާތަން ދެއްކުމުގެ ދެ މައްސަލައެއް ހުށަހެޅުނެވެ.

މިދިޔަ މަހު ހުށަހެޅުނު މައްސަލަތަކުގެ 49 ޕަސެންޓަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އެއ 116 މައްސަލަ އެވެ. މިދިޔަ މަހު ޖުމްލަ 238 މައްސަލަ ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިފައިވެ އެވެ.

މިދިޔަ މަހު ހުށަހެޅުނު އިތުރު މައްސަލަތަކަށް ބަލާއި ޖިންސީ ތަފާތު ކުރުމުގެ 25 މައްސަލަ ހުށަހެޅިފައިވެ އެވެ. ބާރާ ނުފޫޒު ފޯރުވުމުގެ ތިން މައްސަލަ އާއި ބިރު ދެއްކުމުގެ ދެ މައްސަލަ ހުށަހަޅާފައިވެ އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުން ބޭނުންވެގެން ހަތް މައްސަލައެއް ހުށަހެޅި އިރު އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ހަ މައްސަލައެއް ހުށަހެޅި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް