ރާއްޖެއަށް މޫސުމީ ވިއްސާރަ ކުރަމުން އަންނައިރު މިއަދުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމުގައި މޫސުމާއިބެހޭ ގައުމީ އިދާރާއިން ލަފާ ކޮށްފި އެވެ.
އެގޮތުން މެޓް އޮފީހުން ފަތިހު 04:55ގައި ހއ އަތޮޅާއި ކ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.
އެ އެލާޓްގައި ބުނެފައިވަނީ މިއަދު ފަތިހު 05:15 އާއި ހެނދުނު 11:15 އާއި ދެމެދުގެ ވަގުތުތަކުގައި ހއ އަތޮޅާއި ކ އަތޮޅާއި ދެމެދުގެ އަތޮޅުތަކުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ހަމަ އެ ވަގުތުތަކުގައި އެ ސަރަހައްދުގައި އެވްރެޖް ގޮތެއްގައި ގަޑިއަކު 23 މޭލާއި 29 މޭލާއި ދެމެދު ވައި ޖެހުން އެކަށީގެންވާކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް