ބޮލީވުޑްގެ އެންމެ މަޝްހޫރު ސްޓާ ކިޑް" ތައިމޫރު އަލީ ހާން އަށް ލޯބިން ކިޔާނެ ނަމެއް މަންމަ ކަރީނާ ކަޕޫރާއި ބައްޕަ ސައިފް އަލީ ހާން އާއި ހަދައިފި އެވެ.
އެ ދެމީހުން ލޯބިން ދަރިފުޅަށް ކިޔަނީ ޓިމް އެވެ. ޓިމް ނޫސްވެރިންނަށް ދައްކައިގެން ސަމާލުކަން ހޯދުމަކީ ސައިފަ އާއި ކަރީނާ ކުރާ ކަމެކެވެ. އަދި ޓިމް އާއި ގުޅޭ ތަފާތު ވާހަކަތައް އެމީހުން ނޫސްވެރިންނާއި ހިއްސާ ކުރެ އެވެ.
ލޯބިން ތައިމޫރަށް ކިޔާ ނަންވެސް ހާމަ ކުރީ އިންޓަވިއުއެއްގެ ތެރެއިން ސައިފް ކަމަށްވެ އެވެ. ސައިފް ބުނީ ޓީމްގައިގަ އޭނާ އާއި ވައްތަރު އެއްވެސް ސިފައެއް ނެތް ކަމަށެވެ.
އެގޮތުން ޓިމްގެ އިންނަނީ ނޫ ކުލައިގެ ކަޅިއެއް ކަމަށާއި، އޭނާ ގައިގަ ކަރީނާ އާއިލާގެ ވައްތަރު ހުރި ކަމަށާއި ސައިފްގެ ބައްޕަ މަންސޫރު އަލީ ހާން ޕަތައުޑީގެ ގޮތްވެސް އެބަ ހުރި ކަމަށެވެ. ސައިފު ބުނީ ޓިމް ގައިގަ އާއިލީ ވަރަށް ގިނަ ސިފަ އެބަހުރި ކަމަށާއި އެކަމަކު އޭނާގެ އެއްވެސް ސިފައެއް ނެތް ކަމަށެވެ.
އެ ވާހަކަތަށް ހިއްސާ ކުރަމުން ދިޔަ އިރު ތައިމޫރުގެ ނަމުގެ ބަދަލުގައި ޓިމް ބޭނުން ކުރާތީ އެއީ ލޯބިން ކިޔާ ނަންތޯ ނޫސްވެރިން ސުވާލު ކުރުމުން ސައިފު ވަނީ އެކަމަށް އެއްބަސްވެފައި އެވެ. ސައިފު ބުނީ ގޭތެރޭގައި ކަރީނާ އާއި ދެމީހުން ތައިމޫރަށް ކިޔަނީ ޓިމް ކަމަށެވެ.
ތައިމޫރަށް އަދި މިވަނީ ދެ އަހަރެވެ. އެކަމަކު އޭނާ ޕްލޭ ސްކޫލަށް ދާ ގަޑީގައި އާއި ކުޅެން ގޭ ގޯތިތެރޭ އުޅޭ ވަގުތުތަކުގައިވެސް ކެމެރާ މަނުންތައް ތިބެނީ އެތަންތަން ވަށާލައިގެންނެވެ.
ދަރިފުޅު މަޝްހޫރު ކުރުމުގައި މިހާރު ކަރީނާ އާއި އެއް ހަމައެއްގައި ސައިފްގެ ކޮއްކޮ ސޯހާ އަލީ ހާންވެސް މަސައްކަތް ކުރެ އެވެ. ސޮހާ ބުނީ ދަރިފުޅު އިނާޔާގެ ފޮޓޯ ސޯޝަލް މީޑީއާގައި ހިއްސާ ކުރަނީ ހިތް ހަމަޖެހުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް