ދުވަހުގެ ރެސްޓޯރެންޓް ސެގްމެންޓްގައި މިއަދު ކިޔުންތެރިންނަށް މި ގެނެސްދެނީ ރެޓްރޯ ކެފޭ އެންޑް ބިސްޓްރޯގެ ރޯދަ ވީއްލުމުގެ މެނޫ އެވެ.
މި ޕޯސްޓް ފޭސްބުކްގައި ޝެއަރ ކުރައްވައިގެން ރެޓްރޯއިން ދެ ބޭފުޅަކަށް ރޯދަވީއްލުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު ރެޓްރޯ ކެފޭ އިން ވަނީ ކޮންމެ ދުވަހަކަށް ވަކި ހާއްސަ މެނޫއެއް އެކުލަވާލާފަ އެވެ.
މެނޫގެ އަގަކީ ބޮލަކަށް 215 ރުފިޔާ އެވެ. މެނޫއަށް ބަލާލާއިރު ހަމަ ކޮންމެ ދުވަހަކުވެސް މަދުވެގެން ދެ ވައްތަރެއްގެ ޖޫހާއި ތިން ވައްތަރެއްގެ ސެލެޑާއި ބިސްގަނޑެއްގެ އިތުރުން މެއިން ޑިޝަސްގެ ގޮތުގައި ސީފުޑް ފްރައިޑްރައިސް، ބަޓަރ ޗިކަން، ޑެވިލްޑް ޗިކަން، ބީފް ކަންކުން، ސީފުޑް ނޫޑްލްސް އާއި އިތުރު ގިނަ ބާވަތްތަކެއް ހިމަނާފައި ވެ އެވެ.
ހެދިކާ އާއި މަޝްހުނި އަދި ޑެޒަޓް ހިމަނާފައިވާއިރު ރެޓްރޯ ރޯދަވީއްލުމަށް ރިޒަވޭޝަން ހައްދަން ބޭނުންފުޅުނަމަ 7753237 އަށް ގުޅުއްވާލައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް