މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަން ގޯސްކުރުމަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު އޮފީހުގެ ކުރީގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔާ ވިދާޅުވެއްޖެ އެވެ.
އޭނާ މިރޭ ކުއްރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި އޮތީ ސިޔާސީ ގޮތުން ކޮންޓްރޯލްކޮށްފައިވާ އިލެކްޝަންސް ކޮމިޝަނެއް ކަމަށާއި އެތަނުން އިދިކޮޅު ސިޔާސީ ޕާޓީތަކަށް ހުރަސްއަޅަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުން އިދިކޮޅު ޕާޓީތަކަށް ފުރުސަތު ގެއްލުވާލުމަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރާއްޖޭގެ ކަންކަން ރަނގަޅު ކުރަން ބައިނަލްއަގުވާމީ މުޖުތަމައުން ކުރި މަސައްކަތުން ނަތީޖާ ނިކުމެފައި ނުވާކަމަށް ސްވަޔާ ވަނީ ފާހަގަ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގެ ކަންކަން ގޯސްކުރުމުގައި ޒިންމާވާ ފަރާތްތަކުގެ މައްޗަށް މިއީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަންވީ ވަގުތެވެ.
"ރާއްޖޭގެ ކަންކަން ގޯސްކުރުމުގައި ބައިވެރިވާ ފަރާތްތައް ފަސީހަތްކޮށް ބޭޒާރުކޮށް އަދި އެމީހުންގެ މައްޗަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭ ވަގުތު އައިސްފި،" ސްވަޔާ ޓްވީޓް ކުރައްވާފައިވެ އެވެ.
https://twitter.com/HugoSwire/status/999252177637052416
މީގެ އިތުރުން އޭނާގެ ޓްވީޓްގައި ރާއްޖެ އަންނަ ޓޫރިސްޓުންނާއި މަޝްހޫރު ފަރާތްތަކުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އައުމުގެ ކުރިން ރާއްޖޭގައި ހިނގާ ކަންކަމާ މެދު ވިސްނާ، އެ ކަންކަން އިސްލާހު ކުރަން ދެން ރާއްޖެ ނައުމަކީ ކޮން ކަހަލަ ކަމެއްތޯ ވެސް އޭނާ ވަނީ ސުވާލު ކުރައްވައިފަ އެވެ.
ސްވަޔާ މިގޮތަށް ޓުވީޓު ކުރައްވާފައި މިވަނީ އިދިކޮޅު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރީގެ ރައިސް މުހައްމަދު ނަޝދު ބައިވެރިކޮށްފި ނަމަ އެމްޑީޕީ އާއިދެކޮޅާށް ފިޔަވަޅު އަޅާނެ ކަމޔގެއިންޒާރު އީސީން ދީފައި ވަނިކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް