އޭބީޔޫ ސޯންގް ކޮންޓެސްޓްގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

އޭޝިއާ ޕެސިފިކް ބްރޮޑްކާސްޓިންގް ޔޫނިއަން، އޭބީޔޫގެ ފުރަތަމަ ސޯންގް ކޮންޓެސްޓުގައި ބައިވެރިވުމުގެ ފުރުސަތު ޕަބްލިކް ސަރވިސް މީޑިއާއިން ހުޅުވާލައިފިއެވެ. މި ކޮންޓެސްޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވ...

24 Apr 2019 | 12:44

އޭޝިއާ ޕެސިފިކް ބްރޮޑްކާސްޓިންގް ޔޫނިއަން، އޭބީޔޫގެ ފުރަތަމަ ސޯންގް ކޮންޓެސްޓުގައި ބައިވެރިވުމުގެ ފުރުސަތު ޕަބްލިކް ސަރވިސް މީޑިއާއިން ހުޅުވާލައިފިއެވެ.

މި ކޮންޓެސްޓްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މޭ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާއިރު މި ފުރުސަތަށް ސޯލޯ އަދި ގްރޫޕް ޕަރފޯމަރުންވެސް ކުރުމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި މުބާރާތް ކުރިއަށްދާން ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 15 އިން 19 އަށް ޗައިނާގެ ކުއިންޑާއޯގައެވެ. އަދި މުބާރާތުގެ  ފައިނަލް ޝޯ އޭބީޔޫގެ މެމްބަރު ހުރިހާ ޤައުމަކުން ލައިވް ކުރުމަށް ހަމަޖެހިފައިވެއެވެ.

އޭބީޔޫ ސޯންގް ކޮންޓެސްޓްގެ މަޢުލޫމާތު ދެއްވަމުން ޕީއެސްއެމްގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް އައިމިނަތު ހުޝާމާ ވިދާޅުވީ،  މި ފުރުސަތަކީ ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގައި ލަވަ ކިޔުމުގެ ހުނަރު ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއްކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް